ހެނބަދޫ ނަރުދަމާ ނިޒާމް އިފުތިތާހުކޮށްފި

ނ. ހެނބަދޫގައި ޗަމްޕާ ބްރަދާސްގެ ފަރާތުން އެޅި ނަރުދަމާ ނިޒާމުގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ފައްޓަވައިދެއްވައިފިއެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ހަދަން ފެށި ހެނބަދޫ ނަރުދަމާ ނިޒާމްގެ މަސައްކަތް ކުރީ އަލްޓެކް މޯލްޑިވްސްއާ ހަވާލުކޮށްގެންނެވެ.
18.9 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ގާއިމުކުރި ނަރުދަމާ ނިޒާމްގެ ދަށުން ޕަމްޕް ސްޓޭޝަންތައް ގާއިމު ކުރެވި، މުޅި ރަށުގައި ޕައިޕްލައިން އަޅައި ހުރިހާ ގެއަކަށް ނަރުދަމާގެ ޚިދުމަތް ދިނުމަށް ވަނީ ނިންމާފައެވެ.
750 މީހުންގެ އާބާދީއެއް އޮންނަ ހެނބަދޫގެ ނަރުދަމާ އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން އާއި ނޭޝަނަލް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ