ރޭ ކޮވިޑް-19 ޖެހިގެން އަވަހާރަވި ށ. މަރޮއްޓަށް އުފަން ހުސެއިން އަބްދުﷲ ގެ އާއިލާއަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހު ތައުޒިޔާ ދަންނަވައިފިއެވެ.
ނިޝާން ކަލާފާނުގެ ޝަރަފުގެ އިއްޒަތް (ނ.ކ.ޝ.އ) ދިވެހި ދައުލަތުން 2011 ގައި އަރުވާފައިވާ ހުސައިން އަބްދުﷲ 88، އަކީ ޖަމާއަތަށް ފައިދާ ހުރި ހާއްސަ ހިދުމަތް ކުރެއްވުމުގެ ދާއިރާ އާއި ވިޔަފާރީގެ ދާއިރާގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ.
ޙުސައިން ޢަބްދުﷲ އަކީ ޖަމާޢަތަށް ފައިދާހުރި ޚާއްޞަ ޚިދްމަތް ކުރެއްވުމުގެ ދާއިރާއާއި، ވިޔަފާރީގެ ދާއިރާގައި ވަރަށް ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ. މަރޮށީ ކަތީބުކަމުގައި ހުންނަވައިގެން، ރަށުގެ ތަރައްޤީއަށާއި، ރަށުގެ ރައްޔިތުންނަށް އަދި މުޅި އަތޮޅަށް ވަރަށް އިޚްލާޞްތެރި ޚިދްމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ.
ރައީސް ސާލިހު ހުސައިން އަބްދުﷲ ގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ހުސައިން އަބްދުﷲ އަކީ މުޖުތަމައު އަށް އިހުލާސްތެރި ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް ކަމަށާއި އެމަނިކުފާނު އަވަހާރަވުމުގެ ހިތާމާގައި އެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވާ ކަމަށެވެ. އަދި އެމަރުޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާ ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ރައީސް ވަނީ ދުއާ ކުރައްވާފައެވެ.
ހުސައިން އަބްދުﷲ އަވަހާރަވުމާއި ގުޅިގެން ރައްޔިތުން މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ތައުޒިޔާ ދަންނަވާފައެވެ.
ކޮވިޑް-19 ޖެހިގެން ރާއްޖެއިން އެންމެ ފުރަތަމަ އަވަހާރަވެފައި ވަނީ ހުސައިން އަބްދުﷲ ގެ އަނބިކަނބަލުންނެވެ.
ހުސައިން އަބްދުﷲ އަވަހާރަވުމުން ރައީސްގެ ތައުޒިޔާ އާއިލާއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ