ރައީސްގެ ތައުޒިޔާ ހުސައިން އަބްދުﷲ އާއިލާއަށް

ނިޝާން ކަލާފާނުގެ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ (ނކޝޢ) ޢުމުރުން 88 އަހަރުގެ ޙުސައިން ޢަބްދުﷲ ކޯވިޑް-19އަށް ޕޮޒިޓިވްވެގެން އޭނާއަށް ފަރުވާދެމުންދަނިކޮށް އަވަހާރަވީ މިރޭ 11:15 ގައި ދަރުމަވަންތަ ހޮސްޕިޓަލުގައެވެ. ކޯވިޑް-19އަށް ފަރުވާދެމުންދަނިކޮށް އޭނާގެ އަނބިކަނބަލުން ޢުމުރުން 83 އަހަރުގެ އާމިނަތު އާދަމް، ނިޔާވެފައިވަނީ އޭޕްރީލް މަހުގެ 30ވަނަ ދުވަހުއެވެ. ރައީސް ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހުސައިން އަބްދުﷲ އަކީ މުޖުތަމައު އަށް އިހުލާސްތެރި ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް ކަމަށާއި އެމަނިކުފާނު އަވަހާރަވުމުގެ ހިތާމާގައި އެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވާ ކަމަށެވެ. އަދި އެމަރުޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާ ޢާއިލާއަށް ކެތްތެރިކަން ދެއްވުންއެދި ރައީސް ސޯލިހު ވަނީ ދުއާ ކުރައްވާފައެވެ.މަރޮށީ ޙުސައިން ކަލޭފާނަކީ، މަޝްހޫރު އެމް.އެޗް.އޭ.ގެ ބާނީއެވެ. ތަޢުލިމީ ދާއިރާއިންނާއި، ވިޔަފާރީގެ ދާއިރާއިންވެސް އެމަނިކުފާނު ވަނީ އުފަން ރަށް މަރޮށްޓަށް ގިނަގުނަ ހޭދަތަކެއް ކުރައްވާފައެވެ. މަރޮށީ ޙުސައިން ޢަބްދުﷲ އަކީ، ޖަމާޢަތަށް ފައިދާހުރި ޚާއްޞަ ޚިދްމަތް ކުރެއްވުމުގެ ދާއިރާއާއި، ވިޔަފާރީގެ ދާއިރާގައި ވަރަށް ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ. މަރޮށީ ކަތީބުކަމުގައި ހުންނަވައިގެން، ރަށުގެ ތަރައްޤީއަށާއި، ރަށުގެ ރައްޔިތުންނަށް އަދި މުޅި އަތޮޅަށް ވަރަށް އިޚްލާޞްތެރި ޚިދްމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. އެމަނިކުފާނުގެ ހިތްޕުޅުގައި، މަރޮށީ ރައްޔިތުންނަށް ޚާއްޞަ ލޯތްބަކާއި ޤަދަރެއް އޮތް ބޭފުޅެކެވެ. ހުސައިން އަބްދުﷲ ނިޔާވުމުން ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ތައުޒިޔާ ދަންނަވާފައެވެ. ހުސައިން އަބްދުﷲ އަކީ ޖަމާއަތަށް ފައިދާހުރި ހާއްސަ ހިދުމަތް ކުރެއްވުމުގެ ދާއިރާއާއި ވިޔަފާރީގެ ދާއިރާގައި ވަރަށް ހާއްސަ ގޮތެއްގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ.ދިވެހި ސަރުކާރުން ވަނީ ޖަމާއަތަށް ފައިދާ ހުރި ޚާއްސަ ޚިދްމަތް ކުރެއްވުމުގެ ރޮނގުން 1992 ގައި ހުސައިން އަބްދުﷲ އަށް އާންމު ޚިދްމަތުގެ ހިތްވަރު ދިނުމުގެ އިނާމު އަރުވާފައި އެވެ. އަދި އޭގެ 13 އަހަރު ފަހުން، 2005 ވަނަ އަހަރު އެ ރޮނގުން ޝަރަފުވެރިކަމުގެ އިނާމު ވެސް އެ މަނިކުފާނަށް ސަރުކާރުން އެރުވި އެވެ.މިހާރު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓްވެފައިވާ މީހުންގެ އަދަދު 968 އަށް ވަނީ އަރާފަ އެވެ. އަދި ކޮވިޑް ޖެހިގެން ރާއްޖޭގައި މިހާތަނަށް ހަތަރު މީހަކު ވަނީ މަރުވެފަ އެވެ. އެއީ ތިން ދިވެހިންނާއި ބިދޭސީއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ