ނަނާހުވަފެންތައް ހަގީގަތަކަށް ހައްދަވައިދެއްވީ ރައީސް ޔާމީން- މެމްބަރު މުފީދު
މީގެކުރިން ނަނާ ހުވަފެނެއްގެ ގޮތުގައި ދިވެހިން ދެކެމުންދިޔަ ކަންކަން ހަޤީޤަތަކަށް ހައްދަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ކަމަށް މިލަންދޫ ދާއިރާގެ މެމްބަރު ހަސަން މުފީދް ވިދާޅުވެއްޖެއެވެ. ށ. މިލަންދޫގެ ނަރުދަމާ ނިޒާމްގެ ޚިދުމަތް ރަސްމީކޮށް އިފްތިތާހް ކުރުމަށް އެރަށުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިލަންދޫ ދާއިރާގެ މެމްބަރު ހަސަން މުފީދު ވިދާޅުވީ، ދިވެހިރާއްޖޭގެ ޤައުމީ އުދަރެހުން ފެނުނު އެންމެ ހީވާގި އަދި އޯގާތެރި ރައީސް އަކީ ރައީސް ޔާމީން ކަމަށެވެ. މުފީދު ވިދާޅުވީ މިއަދު ދިވެހިންނަށް ގޮތް ނިންމުމުގެ ބާރު އެބަ އޮތް ކަމަށާއި އެހެންކަމުން ތަރައްޤީއާއި އެކީގައި ކުރިޔަށް ދާނީ ތޯ ނޫނީ ނޫންތޯ ނިންމުމުގެ ގެ އިހްތިޔާރުވެސް ދިވެހިންނަށް ލިބިފައިވާކަމަށެވެ. މިލަންދޫ ރައްޔިތުންނަށް މުހާތަބު ކުރައްވާ މުފީދު ވިދާޅުވީ މިއަދު އެރަށު ރައްޔިތުން މިލަންދޫގެ ހެލްތް ސެންޓަރުގައި އޮޕަރޭޝަން ތިއޭޓަރެއް ހެދުމަށް އެދޭ އެދުން ފުރިހަމަ ކޮށްދެއްވާނީވެސް ރައީސް ޔާމީން ކަމަށާއި އަދި އެކަމަށް ރައީސް ޔާމީން ދެވަނަ ދައުރަކަށް އިންތިހާބު ކުރަން ޖެހޭކަމަށެވެ.އިތުރަށް ވާހަކަ ދައްކަވަމުން މެމްބަރު މުފީދު ވިދާޅުވީ، މިއަދު ދިވެހި ރައްޔިތުންގެ އަތްމަތީގައި ޤައުމީ ޒިންމާއެއް އެބައޮތް ކަމަށް. މީގެއިތުރުން ރައްޔިތުންގެ އުންމީދުތައް މިހާ ހިސާބަށް ގެނެސްދެއްވީ މި ސަރުކާރުން ކަމަށްވެސް މުފީދު ވިދާޅުވިއެވެ. މެމްބަރު މުފީދު ވަނީ ދިވެހި ޤައުމަށްޓަކައި މިލަންދޫ ރައްޔިތުން މިއަހަރުގެ އިންތިޚާބުގައި ވޯޓުލާއިރު، ރައީސް ޔާމީންގެ ނަންފުޅު ކައިރީގައި ހެޔޮ ފާހަގަ ޖެހުމަށް ގޮވާލައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ