މާދަމާއިން ފެށިގެން ކުރިއަށް އޮތް 72 ގަޑިއިރަށް މޫސުން ގޯސްވާނެ

ބޭއޮފް ބެންގޯލްގެ މެދުތެރޭ ހިސާބުގައި އުފެދިފައިވާ ލޯޕްރެޝަރ ޓްރަފެއްގެ ސަބަބުން މާދަމާއިން ފެށިގެން ރާއްޖޭގެ އެކި ހިސާބްތަކަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސް ކުރައްވައިފިއެވެ.މާދަމާއިން ފެށިގެން ކުރިޔަށް އޮތް 72 ގަޑިއިރު މި ލޯޕްރެޝަރގެ އަސަރު ރާއްޖޭގެ އެކި ހިސާބުތަކަށް ކުރާނެކަމަށް ލަފާކުރެވޭ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ހާމަކުރައްވައެވެ. އަދި މި ލޯޕްރެޝަރ އޭރިޔާއާއި ގުޅިގެން ދޭތެރެ ދޭތެރެއިން ވާރޭވެހި ގުގުރުމަކީ އެކަށީގެންވާ ކަމެއްކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެފައިވެއެވެ. އަދި މެދުރާއްޖެތެރެއާއި ދެކުނުގެ ހިސާބުތަކުގައި ވިލާގަނޑުގައި ގާތްގަޑަކަށް 45 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެއިދާރާއިން ލަފާކުރައްވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ