ވޯޓަކުން ބަލިވުމަށްވުރެ ސަލާމަތްވި ބަދުނަސީބު މާ ބޮޑު: ޑރ.ޝަހީދު

އދގެ ސަލާމަތާ ބެހޭ ކައުންސިލުގެ މެންބަރުން އިންތިހާބު ކުރަން ނެގި ވޯޓުގައި ރާއްޖެ ބަލިވި ބަލިވުމަށްވުރެ ރާއްޖެ ސަލާމަތްވި ބަދު ނަސީބު މާ ބޮޑު ކަމަށް ކުރީގެ ހާރިޖީ ވަޒީރު ޑރ.އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.
އދގެ ދީނީ މިނިވަން ކަމާ ބެހޭ ހާއްސަ ރެޕަޓުއާގެ މަގާމުގައި ވެސް ހުންނެވި ޝަހީދު ވިދާޅުވީ ދުނިޔޭގެ މަސްރަހުގައި މައްސަލަތައް ބޮޑުވެފައިވާ އިރު އދގެ ސަލާމަތާ ބެހޭ މަޖިލީހުގައި އިނުމަކީ ރާއްޖެއަށް ލިބޭ ގެއްލުމަކަށް ވެދާނެ ކަމަށެވެ. Sitting in UNSC in these troubled global times cud have been very bad for Maldives.We have been saved from a fate worse than losing a vote.— Ahmed Shaheed (@ahmedshaheed) June 8, 2018
ޑރ.ޝަހީދުވަނީ ވޯޓަށް ދިޔަ އިރު ނުހޮވޭނެކަން ދިވެހި ހާރިޖިއްޔާއަށް ހަމަ ނޭނގުނީތޯ ނުވަތަ އެނގި ތިބެ ސަރުކާރު ބަދުނާމު ކުރުމަށް އެފިޔަވަޅު އެޅިތޯ ސުވާލު ކުރައްވާފައެވެ. Suvaalaky: Nuhoveynekan hama @MDVForeign ah neyguny thoa? Nuny egi thibe YAG sarukaaru gurubaan kolly thoa? @Vainujeheyge— Ahmed Shaheed (@ahmedshaheed) June 8, 2018
އދގެ ސެކިއުރިޓީ ކައުންސިލަށް މެންބަރުން ހޮވަން ނެގި ވޯޓުގައި ރާއްޖެއަށް ލިބުނީ 46 ވޯޓެވެ. އިންޑޮނޭޝިޔާއަށް ވަނީ 144 ވޯޓު ލިބިފައެވެ.
އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި ނާކާމިޔާބުވީ ހާރިޖީ ސިޔާސަތުގެ ދޯހަޅި ކަމުންނާއި ރާއްޖެއިން އދ ފަދަ ބައިނަލު އަގުވާމީ ފަރާތްތަކުގެ އެންގުންތަކަށް ފުރަގަސް ދޭތީއެވެ. ސަރުކާރުން ގަބޫލު ކުރާ ގޮތުގައި ބަލިވީ ކުޑަ ގައުމަކަށްވީތީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ