މައުމޫން ނަޝީދު ސިފަކުރަނީ އައްޔެއްގެ ގޮތުގައިތަ ނުވަތަ އަނދިރިކަމެއްގެ ސިފައިގައިތަ؟

ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް އަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސިޔާސީ ހަޔާތްޕުޅުގައި މުހިންމު ބޭފުޅެކެވެ. ރައީސް މައުމޫންގެ ސަރުކާރާއި ދެކޮޅަށް ނިކުތް ރައީސް ނަޝީދު މިހާރު އެހުންނެވީ ޖަލުގައެވެ. ބޮޑު ޙުކުމެއް ކުރެވި ދިގު ޖަލު ޙުކުމެއް ތަންފީޒު ކުރައްވަން ނަޝީދު އެވަނީ ފައްޓަވާފައެވެ.
ރައީސް ނަޝީދުގެ މައްޗަށް ރޭ ޙުކުމް އިއްވިތާ ކުޑަވަގުތުކޮޅެއް ފަހުން ރައީސް މައުމޫން ވަނީ މާނައިން ފުރިގެންވާ ޓްވީޓެއް ކުރައްވާފައެވެ. ޓްވީޓްގައި ވިދާޅުވެފައި ވަނީ އުއްބަތީގެ އަލީގެ ވާހަކައާއި އަނދިރީގެ ވާހަކައެވެ. މީހުން ބުނެއުޅެއެވެ. ޅެމުގެ މާނަ އޮންނާނީ ޅެންވެރިއާގެ ބަނޑުގައެވެ. އެހެންވިއްޔާ ކުރާ ޓްވީޓްގެ މާނަ ވެސް މިދިޔައީ ބަނޑަށް ހެއްޔެވެ؟
ރައީސް މައުމޫންގެ ޓްވީޓް ޝަރަހަކުރާ މީހުންގެ ހިޔާލު ވަނީ ދެކަފިވެފައެވެ. އެއްބަޔަކު ބުނާ ގޮތުން ރައީސް މައުމޫންގެ ޓްވީޓްގައި އެވިދާޅުވާ އުއްބަތީގެ އަލިކަމަކީ ރައީސް ނަޝީދު އެވެ. ރައީސް ނަޝީދު ވަނީ ރާއްޖެއަށް ވެރިވެފައިވާ އަނދިރިކަމަށް އަލިކުރައްވަން މަސައްކަތް ކުރައްވާފައި ކަމަށް ރައީސް މައުމޫން އިއުތިރާފުވެ ވަޑައިގަންނަވަނީ ކަމަށް ބައެއް ބޭފުޅުން ވިދާޅުވިއެވެ.
ރައީސް މައުމޫން ޓްވީޓްގައި ވިދާޅުވަނީ ކަނު އަނދިރީގައި ހިފަހައްޓާލުމުގެ ގާބިލުކަން ވެސް އުއްބައްތިއެއްގެ އައްޔަށް ލިބިގެންވާ ކަމަށެވެ. އަދި މުޅި އަނދިރިކަން އެކުގައި އެ ވަށާލިއަސް، އެއްކަމެއް ވެސް ނުކުރެވޭނެ ކަމަށެވެ.
އަނެއްބަޔަކު ބުނާ ގޮތުން ރައީސް މައުމޫން އެވިދާޅުވަނީ ރައީސް މައުމޫންގެ ޓްވީޓްގައި ވިދާޅުވާ އަނދިރިކަމަކީ ނަޝީދު އާއި އެމްޑީޕީ ކަމަށެވެ.
ކޮންމެއަކަސް މާނައިން ފުރިގެންވާ ރައީސް މައުމޫންގެ ޓްވީޓް މާނަކުރައްވާ އެމަނިކުފާނު އެހެން ޓްވީޓެއް ނުކުރައްވަނީ މިޓްވީޓްގެ ސީދާ މާނައެއް ކުރަން ދައްޗެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ