ސަރުކާރަށް ކުރެވޭނެ ކަންތައްތަކާއި ނުކުރެވޭ ކަންތައްތައް ހުންނާނެ: އުމަރު

އެމްޑީޕީ/ޖޭޕީން މިއަދު ބޭއްވި ބޮޑު އެއްވުމުގެ ބައިވެރިން ކުރި ޑިމާންޑްތަކުގެ ތެރޭގައި "ސަރުކާރަށް ކޮށްދެވޭނެ ކަންކަމާއި ނުކުރެވޭނެ ކަންތައްތައް" ހުންނާނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ދެންމެ ވިދާޅުވެއްޖެ އެވެ. "ހަވީރު"ން ދެންނެވި ސުވާލެއްގެ ޖަވާބުގައި "މިއީ އަޑު އަހާނެ ސަރުކާރެއް" ކަމަށެވެ. "ސަރުކާރަަށް އަޑު އިވިއްޖެ. އަޅުގަނޑުމެންނަކީ ގައުމުގެ ހައްގުގައި މަސައްކަތްކުރާ ބައެއް،" މިނިސްޓަރު ވިދާޅުވި އެވެ. މިއަދުގެ މުޒާހަރާގައި ކުރި ޑިމާންޑުތަކުގެ ތެރޭގައި ހިމެނެނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މިނިވަންކުރުމެވެ. އަދި ގާނޫނުއަސާސީ އާއި ގާނޫނަކަށް ގެންނަ އިސްލާހަކުން ވެސް އަސާސީ ހައްގުތަކާއި މިނިވަންކަން ހަނި ނުކުރުމާއި އޮޑިޓް ގާނޫނުގެ އިސްލާހު އަނބުރާ ގެނައުމާއި ސިޔާސީ ދައުވާތައް ދޫކޮށްލުމާއި ސަރުކާރުގެ ކޮރަޕްޝަންތައް ބަލައި ތަހުގީގުކުރުމާއި ކަރަންޓުގެ އަގު ހެޔޮކުރުމާއި މަސްވެރިންނާއި ދަނޑުވެރިންގެ ސަބްސިޑީ ދިނުމާއި ލާމަރުކަޒީ ގާނޫނު ތަންފީޒުކޮށް ކައުންސިލްތަކަށް ބާރުތައް ދިނުމާއި ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނު ތަންފީޒުކުރުމާއި މުސާރައިގެ ހަމަހަމަކަން ހިފަހައްޓައިދީ މުސާރަ ބޮޑުކޮށްދިނުމާއި އަލަށް ނަގަން ފަށާ ތެލުގެ ޑިއުޓީ ނުނެގުން އަދި މިނިވަން މުއައްސަސާތަކަށް ގާނޫނީ ބާރު ދިނުން އަދި ހުސްނުވާ އާސަންދައިގެ ހިދުމަތް ފޯރުކޮށްދިނުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ