ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހާ ގުޅިގެން ނަގާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓާ ދެކޮޅު ހެދުމަށް އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލީހުން މިރޭ ނިންމައިފަ އެވެ.
އެނގުން މުހިންމު - އެ ވޯޓް ނެގުމަށް ނިންމާފައި ވަނީ:
އެޕްރީލް 4 ވަނަ ދުވަހު ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ ާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ވޯޓާ އެކު
ވީ ކިހިނެއް؟ - އެ ނިންމުން ނިންމާފައިވަނީ އެ ޕާޓީން މިރޭ ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ބައިވެރިވި 48 މެމްބަރުންގެ އިއްތިފާގުންނެވެ.
ތަފްސީލް - އެކަމާ ގުޅޭ ގަރާރު އެ ބައްދަލުވުމަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް އެވެ. އެ ގަރާރުގައި ފާހަގަކޮށްފައިވާ ކަންތައްތަކަކީ:
ރައްޔިތުންނާ ގުޅުން ހުރި މިފަދަ މުހިއްމު ކަމެއްގައި އާންމުންގެ ހިޔާލު ހޯދުމުގެ މަޝްވަރާތައް ގާނޫނުއަސާސީ އިސްލާހު ކުރަން ހުށަހެޅުމުގެ ކުރިން ކުރިއަށް ގެންގޮސްފައި ނުވުން
ގާނޫނުއަސާސީއަށް ބަދަލު ގެނައުމުގެ ބިލު ދިރާސާކުރުމަށާއި މަޝްވަރާ ކުރުމަށް އެކަށީގެންވާ ވަގުތު ދިނުމުގެ ބަދަލުގައި އަވަސް އަރުވާލައިގެން ބިލު ފާސްކޮށްފައި ވާތީ އެކަން ކުރުމުގައި ރަނގަޅު ނިޔަތެއް ނެތްކަން ހާމަވޭ
ހިޔާލު ހޯދުމުގެ ވޯޓަށް އާންމުން ހޭލުންތެރިކުރަން އެކަށީގެންވާ މުއްދަތެއް ނެތްކަން ވެސް މީކާއިލްގެ ގަރާރުގައި ފާހަގަކުރި
މި ބައްދަލުވުމުގައި މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ރާއީ ހުށަހެޅުއްވި ގަރާރެއް ވެސް ވަނީ ފާސްކޮށްފަ އެވެ. އެ ގަރާރަކީ:
ދެ އިންތިހާބު އެއްކޮށްލުމާ ދެކޮޅު ހެދުމުގެ ގޮތުން މަގުމަތީގެ ހަރަކާތްތައް ފެށުމާ މެދު ޕާޓީން ގޮތެއް ނިންމުމަށް ހުށަހެޅި ގަރާރެއް
އެ ގަރާރު ވެސް ފާސްވީ ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.
ދެ އިންތިހާބު އެއްކޮށްލުމުގެ ވޯޓާ ދެކޮޅު ހަދައި އެމްޑީޕީން މަގުމަތީ ހަރަކާތްތައް ފަށަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ