ފާރިސް މައުމޫން ފުލުސް އޮފީހަށް ހާޟިރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ފުލުސް އޮފީހަށް މިއަދު ހާޟިރުކޮށްފިއެވެ.
މިއަދު ހެނދުނު 10:00 އަށް ފުލުހަށް ހާޟިރު ކޮށްފައިވާ އިރު، ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށެވެ. އެހެންނަމަވެސް އެއީ ކޮން މައްސަލައެއްކަމެއް ވިދާޅެއް ނުވެއެވެ.
މީގެ ކުރިންވެސް އެކި ފަހަރުމަތިން ފާރިސް މައުމޫން ފުލުހަށް ހާޟިރުކޮށްފައިވާ އިރު، އެންޓި ކޮރަޕްޝަން ކޮމިޝަނަށްވެސް ވަނީ ހާޟިރުކޮށް ސުވާލު ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ