ރައްޔިތުން ކިއޫގައި ތިބެން ޖެހުމަކީ ބަލައިގަންނަން އުނދަގޫ ކަމެއް: ނާޒިމް

ރައްޔިތުން ކިއޫގައި ތިބެން ޖެހުމަކީ ބަލައިގަންނަން އުނދަގޫ ކަމެއް ކަމަށާއި ލުއިފަސޭހަ ގޮތަކަށް ޕީސީއާރް ޓެސްޓް ހެދޭނެ އިންތިޒާމް ގާއިމްކޮށްދިނުމަށް އެމްއެންޕީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ސަރުކާރަށް ގޮވާލައިފިއެވެ.އެމްއެންޕީގެ ރައީސް ނާޒިމް އެގޮތަށް ވިދާޅުވީ ޕީސީއާރް ހެދުމަށް ސޯޝަލް ސެންޓަރުގެ ދިގު ކިއޫގައި ތިބި ގިނަ މީހުންގެ ކަންބޮޑުވުން އަޑުއެއްސެވުމަށް ފަހު ކުރެއްވި ޓްވީޓެއްގައި އެވެ.އެޗްޕީއޭއިން ކުއްލިއަކަށް ރޭ ނިންމި ނިންމުމާ ގުޅިގެން ފްލޫ ކްލިނިކްތަކާއި އަދި ސާމްޕަލް ކަލެކްޝަން ސެންޓަރުތަކަށް ވަނީ ބާރުބޮޑުވެފަ އެވެ، ސެނެހިޔާ ކައިރީ އަދި ސޯސަލް ސެންޓަރު ކައިރީގައި ރޭ ދިގު ކިޔު ހަދައިގެން ގިނަ ބަޔަކު ތިބިއިރު މިއަދު ވެސް ވަނީ ކިޔޫ ހަދާފަ އެވެ.ކާނަލް ނާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައްޔިތުންނަށް ދަތިނުވާ ގޮތަށް ވީހާވެސް ލުއިފަސޭހަ ގޮތަކަށް ޕީސީއާރު ހެދޭނެ އިންތިޒާމް ގާއިމްކޮށްދިނުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ.އަދި ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ މިފަދަ ޒަމާނެއްގައި އެތައްގަޑިއިރުތަކެއް ވަންދެން ރައްޔިތުން ކިއޫގައި ތިބެން ޖެހުމަކީ ބަލައިގަންނަން އުނދަގޫ ކަމެއް ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.ކިޔޫގައި ތިބި ބައެއް މީހުން ރޭ ވަރަށް ދަންވަންދެން އެ މީހުންގެ ތުއްތު ކުދިން އުރައިގެން އެތައް އިރަކު ކިޔުގައި ތިބެންޖެހުނުކަން ފާހަގަ ކުރެވުނެވެ. އެކަމާ ބައެއް މީހުން ވަރަށް ބޮޑަށް ނުރުހުންވެ އެޗްޕީއޭއަށް ވަރަށް ބޮޑަށް ފާޑު ވެސް ކިޔާފައިވެ އެވެ.ކޮވިޑަށް ޓެސްޓުކުރުމުގައި ލުއި ގޮތްތަކެއް އެޗްޕީއޭއިން ދިނީ ވެސް، އާންމުން ފާޑުކިޔުން ބޮޑުވެގެންނެވެ. މިގޮތަށް ލުއިތައް ދީފައި އޮތް ނަމަވެސް، ބައެއް ރަށްރަށުގެ ކައުންސިލުތަކުން ޓެސްޓުގެ ނަތީޖާ ލިބުނީމަ ނޫނީ ގޮސްގެން ނުވާނެ ކަމަށް އަންގާފައިވާ ކަމަށް ބައެއް މީހުން ބުންޏެވެ.ގާތްގަނޑަކަށް ހަތަރު މަހަށް ފަހު މާލެ ސަރަހައްދުގައި ކޮވިޑްގެ ކޭސްތައް މައްޗަށް ދާން ފެށީ މި މަހު އެވެ. ރޭގައި ވަނީ 300 އަށް ވުރެ ގިނަ މީހުންނާ އެކު ރިކޯޑު އަދަދަކަށް މީހުން މި ބައްޔަށް ޕޮޒިޓިވްވެފަ އެވެ. އަދި ކޭސްތައް އެންމެ ގިނައީ ވެސް މާލޭގަ އެވެ.އިތުރަށް ކިޔާލަން:ތާޖުއްދީނާއި އެފްއޭއެމް އިމާރާތުން ސާމްޕަލް ނެގޭނެ: އެޗްޕީއޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ