ރައީސް ނަޝީދު އެމްއެމްޕީއާރުސީ އުފެއްދެވީ ގޯސް ނިޔަތެއްގައި: މަލީހް

ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އުފެއްދެވި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަލޭޝަން (އެމްއެމްޕީއާރްސީ) އެފެއްދީ ގޯސް ނިޔަތެއްގައި ކަމަށް، އިތުބާރު ނެތްކަމަށް ފާސްކޮށް މަގާމުން ދުރުކޮށްފައި ހުރި ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.
މަގާމުން ދުރުކުރިފަހުން ސަރުކާރަށް މަލީހް ނުހަނު ބޮޑަށް ފާޑުވިދާޅުވަމުން އަންނައިރު، ޗެނަލް13 ގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މަލީހް ވިދާޅުވީ ރައީސް މުހައްމަދު ނަޝީދު އެމްއެމްޕީއާރްސީ އުފައްދަވާފައިވަނީ އަރިސް ބޭފުޅުންނަށް ވަޒީފާދެއްވާ މާލީ މަންފާތަކެއް ހޯއްދެވުމަށްކަމަށެވެ. އަދި އެއީ ނަހަމަގޮތުގައި ފައިސާ ހޯދުމަށް ހުޅުވާލި މަގެއްކަމަށެވެ.
މަލީހް ތުހުމަތު ކުރެއްވި ގޮތުގައި އެމްއެމްޕީއާރްސީ އުފެއްދުމަށްފަހު ބޮޑެތި ޕްރޮޖެކްޓްތައް ހަވާލުކޮށްފައިހުރީ އެމްޑީޕީގެ ބޮޑުންނަށެވެ. އަދި އެ ހުރިހާ އެގްރީމެންޓެއް ބާތިލްކުރީ 2012 ވަނަ އަހަރު ރައީސް ވަހީދު ވެރިކަމަށް ވަޑައިގަތުމަށްފަހު ކަމަށް މަލީހް ވިދާޅުވިއެވެ.
ނުހަނު ފަހުން ޕީޕީއެމާއި ގުޅިވަޑައިގެންނެވި މަލީހް ރައީސް ޔާމީނާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ވިދާޅުވީ، ރައީސް ޔާމީނަކީ މިނިވަންވެފައި ހުންނަންޖެހޭނެ ބޭފުޅެއް ކަމަށާއި، ރައީސް ސޯލިހުގެ ކިރިޔާވެސް ކުލުނެއް ހުރި ނަމަ މިހާރު ރައީސް ޔާމީން ހުންނަވަންޖެހޭނީ ޖަލު ހުކުމެއްގައި ނޫންކަމަށެވެ.
އަދި އިންސާފުވެރިކަމާއެކު މައްސަލަ ބެލިއްޖެނަމަ ރައީސް ޔާމީން ބެދިވަޑައިގަންނަވާނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށް މަލީހް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ