މޫސުން ގޯސްވެ، ދެ ބޯޓެއް ފަރަށް އަރައިފި

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ކަނޑުގަދަވެ، ބޯޓު ފަރަށް އެރުމުގެ ދެ ހާދިސާއެއް މިއަދު ހިނގައިފިއެވެ. އެމްއެންޑީއެފްގެ މީޑީއާ އޮފިޝަލް ހަނާ މުހައްމަދު ވިދާޅުވީ އެ ދެ ހާދިސާވެސް ހިނގީ ނަގިލި ކަހާލުމުގެ ސަބަބުން ކަމަށެވެ. އެގޮތުން މިއަދު 09:52 ހާއިރު ޓަގު ބޯޓެއް ފޭދޫ ފިނޮޅު ފަރު މައްޗަށް އުރިފައިވެއެވެ. "މެރީނާ-1301" ނަމަކަށް ކިޔާ އެ ބޯޓުގައި ތިބީ އިންޑޮނޭޝިއާ އަށް ނިސްބަތްވާ ނުވަ ފަޅުވެރިން ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ. ދެވަނައަށް އެފަދަ ހާދިސާއެއް ހިނގީ ވިލިނގިލީ ފަޅުގައެވެ. އެގޮތުން މިއަދު 09:35 ހާއިރު "ޓްރާންސްޕޯޓް ފިއުލް-09" ނަމަކަށް ކިޔާ ތެޔޮ އުފުލާ ބޯޓެއް ވިލިނގިލީ ފަރުމައްޗަށް އުރިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ. އެ ބޯޓުގައި ތިބީ ބަންގްލަދޭޝްގެ ދެ މީހަކާއި ސްރީލަންކާ މީހެކެވެ. އަދި އެހެން ބޯޓެއްގެ އެހީގައި އެ ތެޔޮ ބޯޓު މިހާރު ފުންކޮށްފައިވާ ކަމަށްވެސް އެމްއެންޑީއެފް އިން މައުލޫމާތު ދިނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ