ޑީއެންއޭ ފިޔަވާ ހުރިހާ ޕާޓީއެއް ވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ޖެހިފައި: އުމަރު

މޯލްޑިވްސް މާކެޓިންގ އެންޑް ޕީއާރް ކޮމްޕެނީ (އެމްއެމްޕީއާރްސީ)ގެ ހިޔާނާތުގައި ނުޖެހޭ ހަމައެކަނި ސިޔާސީ ހަރަކާތަކީ ދިވެހި ނެޝަނަލް އެކްޝަން (ޑީއެންއޭ) ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ޑީއެންއޭ އުފެއްދުމުގައި އިސްވެ ހުންނެވި އުމަރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ނުޖެހޭ ހަމައެކަނި ސިޔާސީ ހަރަކާތަކީ ޑީއެންއޭއަށް ވުމަކީ ފަހުރުވެރިވާ ކަމެއް ކަމަށެވެ. އަދި ރާއްޖޭގައި ހަރަކާތްތެރިވާ ހުރިހާ ސިޔާސީ ޕާޓީއަކާއި ރެޖިސްޓްޓޭޝަން ޕްރޮސެސްގައި އުޅޭ ޕާޓީތަކަކީވެސް އެ ހިޔަނާތުގެ ބައިވެރިން ކަމަށް އުމަރު ވިދާޅުވިއެވެ.
އުމަރު އެފަދައިން ވިދާޅުވެފައި ވާއިރު، އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުވެސް ހިފާފައި ވާކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ވިދާޅުވެފައެވެ.
އަލީ ވަހީދު ވިދާޅުވީ، އެމްޑީޕީ އެ ހިޔާނާތުގެ ވާހަކަ ދައްކަން މާ ރަނގަޅު ނުވާނެ ކަމަށެވެ. އަދި އެމްޑީޕީއާއި އެމްޑީޕީގެ ވަކިވަކި މެންބަރުންވެސް އެ ފައިސާގައި ހިފާފައި ވާކަމަށާއި، ރައީސް ސޯލިހުވެސް އެ ހިޔާނާތުގެ ފައިސާގެ 35 މިލިއަން ރުފިޔާގައި ހިފި ކަމަށް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ