ބާކީ ކުރި ފަރާތްތަކަށް ހައްޤުތައް ހޯދާ ދެއްވީ މެޑަމް ފާތުން – މުއިއްޒު

ޤައުމުން ބާކީ ކުރި ފަރާތްތަކަށް ހައްޤުތައް ހޯދާ ދެއްވީ މެޑަމް ފާތުން ކަމަށް ހައުސިން މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
"މަމެން ރައީސް ޔާމީނާ އެކު" ޖަލްސާ ގައި ވާހަކަ ދައްކަވަމުން މިނިސްޓަރ މުއިއްޒު ވިދާޅުވީ، 2013ގައި ޕީޕިއެމް ގެ ސަރުކާރު ވެރިކަމަށް އައިއިރު، ދިވެހި ފަސްގަޑުން ބާކީ ކޮށްލެވިފައި ތިބި ބަޔަކު ތިބި ކަމަށާ، އެހެންނަމަވެސް ޕީޕީއެމް ވެރިކަމަށް އައުމާ އެކު ފަރސްޓް ލޭޑީ ފެށީ އެ ރައްޔިތުންގެ ހައްޤު އެ ރައްޔިތުންނަށް ހަދައިދެއްވުމަށް ކަމަށާ އަދި މިހާރު އެކަމޏާ ވަނީ އެކަން ކުރައްވާފަކަމަށެވެ.
މި ސަރުކާރުން ރާއްޖޭގެ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ އިރު އޭގެ ތެރޭގައި، 77 ރަށެއްގެ ބަނދަރު ހަދާ 9 ރަށެއްގެ ޖެޓީ ވަނީ ޤާއިމްކޮށްފަ ކަމަށާ، އެހެން ނަމަވެސް އެއަށް ވުރެވެސް އަގު ބޮޑު ހޭދަ އެއް ކުރައްވަނީ މާތް ވެގެންވާ އިސްލާމް ޙިމާޔަތްކޮށް ދިވެހިފަސްގަނޑުގައި ދީން ދެމެހެއްޓުން ކަމަށް ވެސް މިނިސްޓަރ މުއިއްޒު ފާހަގކުރެއްވިއެވެ.
އެގޮތުން އިސްލާމްދީނަށްތަކައި މިސްކިތްތައް ބިނާ ކުރުމަށާ ދީނުގެ ޙައްޤުގައި ކުރަން ޖެހޭ ކަންކަން ކުރުމަށް ޓަކައި ރައީސް ޔާމީންގެ ސަރުކާރުން ދަނީ އަރަބި ޤައުމުތަކާވެސް ގުޅުން ބަދަހި ކުރަމުން ކަމަށް މުއިއްޒު ވިދާޅުވިއެވެ.
އިދިކޮޅު ފަރާތްތަކުން ކެނޑިނޭޅި ކުރާ މަސައްކަތަކީ ދީން ނައްތާލުމުގެ މަސައްކަޔް ކަމުގައި ވިޔަސް އެކަމަށް ހަމަ ހިލާ ޖާގަ ނުދެއްވާނެ ކަން ވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
އެހެން ކަމުން 2018ގައި ރައީސް ޔާމީނަށް ވޯޓު ދެއްވަން ޖެހެނީ އެމަނިކުފާނު އިސްލާމް ދީނާ ޤައުމުގެ ކުރިމަގަށްޓަކައި ރައީސް ޔާމީން ކޮށްދެއްވަމުން އަންނަ މަސައްކަތަށްޓަކައިކަންވެސް މުއިއްވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ