ހޯމް މިނިސްޓަރު އުމަރު ނަސީރު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް ކްރިމިނަލް ކޯޓުން ފުލުހުންގެ މައްޗަށް އަމުރެއް ނެރެފި އެވެ.
ސަންއަށް އެނގިފައި ވާ ވާގޮތުގައި ކްރިމިނަލް ކޯޓުން އެފަދަ އަމުރެއް ނެރެފައި ވަނީ، އިއްޔެގެ ވަގުތެއްގައެވެ. އެހެން ނަމަވެސް ފުލުހުން ވެސް އަދި ކްރިމިނަލް ކޯޓުންވެސް މިކަމާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ނުބުނެއެވެ.
އުމަރުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ، އަމުރަށް ނުކިޔަމަންތެރި ވުމުގެ ދައުވާ އެވެ. އެ ދައުވާ އުފުލާފައި ވަނީ، ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމާ ދެކޮޅަށް 2012 ވަނަ އަހަރުގެ ކުރީކޮޅު އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާއެއްގައި ވާހަކަ ދައްކަވަމުން، 50 ހަރުގަނޑު ބޭނުން ކޮށްގެން ސިފައިންގެ މައި މަރުކަޒު ތެރެއަށް ވަންނާނެ ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކަވާފައި ވާތީއެވެ.
އެ މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުން އެންމެ ފަހުން ބާއްވަން އުޅުނު ދެ އަޑު އެހުން ވެސް ކެންސަލް ކޮށްފައި ވަނީ، އުމަރު ރާއްޖޭން ބޭރުގައި ހުންނެވުމުންނެވެ. އަދި ހޯމް މިނިސްޓްރީން ވަނީ، އުމަރު ރަސްމީ ދަތުރުފުޅެއްގައި ރާއްޖޭން ބޭރަށް ފުރާވަޑައިގަންނަވާތީ، މިމަހުގެ 16ގެ ކުރިން ކޯޓަށް ހާޒިރު ވެވަޑައިގަނެވެން ނެތްކަމަށް އަންގައި ކްރިމިނަލް ކޯޓަށް ސިޓީއެއް ވެސް ފޮނުވައިފައެވެ.
އުމަރު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އަމުރެއް ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ