12 މެންބަރުންގެ ގޮނޑި ގެއްލިފައި ނުވާ ކަމަށް ބުނާ ބައި ސުޕްރީމް ކޯޓުން ބާތިލްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރެއްގެ ގޮނޑި ގެއްލިފައި ނުވާ ކަމަށް ސުޕްރީމް ކޯޓުގެ އަމުރުގައި ބުނާ ބައި ސުޕްރީމް ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.
ސުޕްރީމް ކޯޓުން މިއަދު އިއްވި ހުކުމުގައި ވަނީ 12 މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅާ މިއަހަރުގެ ފެބްއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނާ އިބާރާތް ބާތިލް ކަމަށް ކަނޑައަޅާފައިއެވެ.
ސުޕްރީމް ކޯޓަށް ހުށަހަޅާފައި އޮންނަތާ އެތައް ދުވަހެއް ފަހުން އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނިންމި އަމުރާ ގުޅޭގޮތުން މިއަދު އަނެއްކާ އެކޯޓުން ގޮތެއް ނިންމާފައި މިވަނީ ސުޕްރީމް ކޯޓަށް އަލަން އައްޔަންކުރި ދެ ފަނޑިޔާރުންނާ އެކު ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރު ތިއްބެވި ބެންޗުންނެވެ.
ބަންޑާރަ ނައިބުގެ އޮފީހުން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލަ ހުށަހެޅީ ސުޕްރީމް ކޯޓުގެ އެކެއް ފެބުރުއަރީގެ އަމުރުގައި ބުނެފައިވާ ފްލޯ ކްރޮސިންއާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ކުރިން ނެރުނު ހުކުމް ބާތިލްކުރި ބަޔާއި 12 މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް އަމުރުގައި ބުނެފައިވާ ބައި ބާތިލްކުރުމަށެވެ.
ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ފްލޯ ކްރޮސިންއާ ގުޅޭ ގޮތުން އެ ކޯޓުން ކުރިން ނެރުނު ހުކުމް ބާތިލް ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން ފެބްރުއަރީ އެކެއްގައި ނެރުނު އަމުރުގައި 12 މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ބުނެފައިވާ ބައި ބާތިލް ކަމަށް ކަނޑައަޅާފަ އެވެ.
12 މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް އެކެއް ފެބްރުއަރީގެ އަމުރުގައި ބުނެފައިވާ ބައި ބާތިލް ކުރުމަށް ސުޕްރީމް ކޯޓުން ނިންމީ ގޮނޑިއާއި ގުޅޭ މައްސަލަ ތަކެއް ސުޕްރީމް ކޯޓަށް ހުށަހަޅާ އެކޯޓުން އެމައްސަލަތައް ބަލައިގަނެފައިވާތީ އެކަމާ ގުޅޭގޮތުން ބަހުސްނުކޮށް މެންބަރުންގެ ގޮނޑިއާ މެދު ވަކި ގޮތެއް ކަނޑަނޭޅޭނެ ކަމަށް ނިންމުމަށްފަހު އެވެ.
މަޖިލީހުގެ ހަތަރު މެންބަރެއްގެ މައްސަލަ މީގެ ކުރިން އެކޯޓަށް ހުށަހެޅިއިރު އެ މައްސަލާގައި ހުކުމެއް އިއްވުމުގެ ބަދަލުގައި އެ މައްސަލަތަކުގައި އިތުރު ގޮތެއް ނިންމަން ނުޖެހޭ ކަމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ އެފަދަ މައްސަލަތަކުގައި ގޮތް ނިންމަން ޖެހޭ އުސޫލާ ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށްވެސް މިއަދު އިއްވި ހުކުމުގައިވެ އެވެ. އަދި އަނެއް އަށް މެމްބަރުންގެ ގޮނޑީގެ މައްސަލަވެސް ސުޕްރީމް ކޯޓަށް ހުށަހަޅާ ކޯޓުން ބަލައިގެންފައިވާ ަކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައި ވަނީ ބުނެފަ އެވެ.
ސުޕްރީމް ކޯޓަށް ހުށަހަޅާފައި އޮންނަތާ އެތައް ދުވަހެއް ފަހުން އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނިންމި އަމުރާ ގުޅޭގޮތުން މިއަދު އަނެއްކާ އެކޯޓުން ގޮތެއް ނިންމާފައި މިވަނީ ސުޕްރީމް ކޯޓަށް އަލަން އައްޔަންކުރި ދެ ފަނޑިޔާރުންނާ އެކު ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރު ތިއްބެވި ބެންޗުންނެވެ. އެގޮތުން ފަނޑިޔާރުންގެ ބެންޗުންގައި ތިއްބެވީ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އާއި، ފަނޑިޔާރު އަބްދުﷲ އަރީފާއި، ފަނޑިޔާރު އަބްދުﷲ ދީދީއާއި، ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲގެ އިތުރުން ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ