ބޭސްފަރުވާއަށްފަހު ރައީސް މައުމޫން މާލެ ވަޑައިގެންފި

ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ދެ ކަނބަލުން ބޭސްފަރުވާއަށް އިންޑިއާ އަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންފި އެވެ.
އިންޑިއާގެ ކޮއިންބަތޫރަށް ރައީސް މައުމޫން ކުރެއްވި ދަތުރުފުޅު ނިންމާލެއްވުމަށްފަހު ރޭ މާލެ ވަޑައިގަތުމުން އެއާޕޯޓުން ރައީސް މައުމޫންގެ ދެކަނބަލުންނަށް މަރުހަބާ ދެންނެވީ ދަރިކަނބަލުން އަދި އާޓްސް މިނިސްޓަރު ޔުމްނާ މައުމޫނާއި އެމްއެމްއާރްއެމްގެ އިސް ބައެއް ބޭފުޅުންނެވެ.
ރައީސް މައުމޫން އިންޑިއާއަށް ފުރާވަޑައިގަތީ މިދިޔަ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހު އެވެ.
ރައީސް މައުމޫން ބޭސް ފަރުވާއަށްފަހު ރާއްޖެ ވަޑައިގެންފައި މިވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްއާރްއެމްގެ ތާއީދާ އެކު ކުރިމަތިލުމަށް ބައެއް ބޭފުޅުން ރައީސް މައުމޫނަށް ހުށަހަޅާފައިވަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ