ސްކޫލް ކުދިންގެ ފެތުމުގެ މުބާރާތާއި ސްވިމިން ފެސްޓިވަލް އަންނަ މަހު ބާއްވަނީ

ބީއެމްއެލް، ސްކޫލް ކުދިންގެ 17 ވަނަ ފެތުމުގެ މުބާރާތާއި ހަތަރު ވަނަ ސްވިމިން ފެސްޓިވަލް އަންނަ މަހު ބާއްވަން ނިންމައިފި އެވެ.
ސްވިމިން އެސޯސިއޭޝަނުން ބުނީ، ސްކޫލް ކުދިންގެ ފެތުމުގެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 19 އިން 27 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ކިޑްސް ސްވިމިންގ ފެސްޓިވަލް ބޭއްވުމަށް ހަމަޖައްސާފައި ވަނީ އަންނަ މަހުގެ 16 އިން 18 ވަނަ ދުވަހުގެ ނިޔަލަށާއި މި ދެ މުބާރާތް ވެސް ބޭއްވުމަށް ހަަމަޖެހިފައި ވަނީ މާލޭ ސްވިމިންގ ޓްރެކްގައި ކަމަށް ވެސް ސްވިމިން އެސޯސިއޭޝަނުން މައުލުމާތު ދެއެވެ.
ސްވިމިން އެސޯސިއޭޝަނުން ބުނީ، މި ދެ މުބާރާތަކީ ވެސް ބީއެމްއެލްއިން ސްޕޮންސަރ ކޮށްގެން ރާއްޖޭގެ ހުރިހާ ސްކޫލްތަކަށް ހުޅުވާލެވިގެން ކަމަށެވެ. އެގޮތުން ކިޑްސް ސްވިމިން ފެެސްޓިވަލް ކުރިއަށް ދާނީ ތިން އުމުރުފަރައަކަށް ބަހާލައިގެން އަންހެން ފިރިހެން ވަކިން ކަމަށެވެ. އެގޮތުން އެތިން އުމުރު ފުރައަކީ ހަ އަހަރުން ދަށް، އަށް އަހަރުން ދަށް، އަދި 10 އަހަރުން ދަށުގެ އުމުރުފުރާ ކަމަސް ވެސް ސްވިމިން އެސޯސިއޭޝަނުން މައުލޫމާތު ދެއެވެ.
މީގެ އިތުރުން ސްވިމިން އެސޯސިއޭޝަނުން ބުނީ، ސްކޫލް ކުދިންގެ ފެތުމުގެ މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައި ވަނީ ހަތަރު އުމުރު ފުރައަކަށް ބަހާލައިގެން އަންހެން ފިރިހެން ވަކިން ކަމަށެވެ. އެގޮތުން އެއުމުރު ފުރާތަކަކީ 12 އަހަރުން ދަށާއި 14 އަހަރުން ދަށާއި 16 އަހަރުން ދަށް އަދި 19 އަހަރުން ދަށުގެ އުމުރުފުރާ ކަމަށް ސްވިމިން އެސޯސިއޭޝަނުން މައުލޫމާތު ދެއެވެ.
މި ދެ މުބާރާތުގައި ވެސް ބައިވެރިވުމަށް ފޯމް ހުށަހަޅަންޖެހޭ ތާރީހަކީ މިމަހުގެ 31 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން ސްވިމިން އެސޯސިއޭޝަނަށް ކަމަށާއި މުބާރާތާ ބެހޭ ގަވާއިދާއި އިތުރު މައުލޫމާތުތަށް އެއެސޯސިއޭޝަނަށް ގުޅުމުން ލިބޭނެ ކަމަށްވެސް ސްވިމިން އެސޯސިއޭޝަނުން މައުލޫމާތު ދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ