ސުޕްރީމް ކޯޓުގެ ޝަރީއަތްތައް ފުރަތަމަ ފަހަރަށް އޮންލައިންކޮށް ފަށައި، އަދި ޓްވިޓާ އާއި ޔޫޓިއުބް މެދުވެރިކޮށް އެ ޝަރީއަތްތައް ލަައިވް ކުރަން އެ ކޯޓުން ނިންމުން އެއީ ތާރީޚީ ބަދަލެއް ކަމަށް އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު ވިދާޅުވެއްޖެ އެވެ.
ރިފްއަތުު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއީ ތާރީޚީ ބޮޑު ބަދަލެއް ކަމަށާއި ޓެކްނޮލޮޖީ ބޭނުންކުރުމުން ޚަރަދާއި ވަގުތު ސަލާމަތްވާނެ ކަމަށެވެ. އެކަމުގެ ސަބަބުން ޝަރީއަތްތައް އަވަސްވެ، އިންސާފު ހޯދަން ހިނގަން ޖެހޭ މަގު ކުރުވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ބޭނުންބޮޑު ތާރީޚީ ބަދަލެއްް:ޓެކްނޮލޮޖީ ބޭނުންކުރުމުން ޚަރަދާއި ވަގުތު ސަލާމަތްވޭ. އަދި ޝަރީޢަތް އަވަސްވެ، އިންޞާފު ހޯދަން ހިނގަންޖެހޭ ދިގު މަގު ކުރުވެގެންދާނެ. ކޯޓުތަކުގެ އަބުއިކަން މާޒީވެ ޝަރީޢަތުގެ އަޑާއި މަންޒަރު ދުރާއި ގާތުން ފެނިދެނިވުމުން އިންޞާފް ލިބޭކަން އިޙުސާސްކުރެވޭނެ.
- އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު
ސުޕްރީމް ކޯޓުން ބުނީ މިއަދުން ފެށިގެން ކޯޓަށް ހުށަހަޅަން ބޭނުންވާ މައްސަލަތަކާއި މައްސަލަތަކާގުޅޭ ލިޔެކިޔުންތައް ކޯޓަށް ހުށަހަޅާނެގޮތާއި، މައްސަލަ ރަޖިސްޓްރީކުރުމުގައި ޢަމަލުކުރެވޭނެގޮތާއި، މައްސަލައާގުޅޭ އިބްތިދާއީ ބައްދަލުވުންތައް ބާއްވައި މައްސަލައިގެ ލިޔެކިޔުންތައް ޚަޞްމުންގެ މެދުގައި ބަދަލުކޮށް، ލިޔެކިޔުމާއި ބަޔާންތަކުގައި ސޮއިކުރުމުގެ ކަންކަން އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް ކުރިއަށްގެންދާނެ ކަމަށެވެ.
ސުޕްރީމް ކޯޓުން އޮންލައިންްކޮށް ޝަަރީއަތް ބޭއްވުމަކީ ތާރީޚީ ބަދަލެއް: އޭޖީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ