މި މަހުގެ 28ގެ ފަހުން މިސްކިތް، ސްކޫލް، އޮފީސްތައް ހުޅުވަން ހުއްދަ ދެނީ

ކޮރޯނާ ވައިރަސް އާ ގުޅިގެން މާލެ ސަރަހައްދު ފުރަބަންދު ކޮށްފައި އޮތް އޮތުމަށް ލުއި ދެއްވުމަށް ނިންމާފައިވާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ އިއުލާން ކުރައްވައިފި އެވެ. ކޮވިޑް-19ގެ ހާލަތާ ގުޅޭ ގޮތުން މިރޭ ގައުމާ މުހާތަބު ކުރައްވަމުން ރައީސް ސޯލިހު ވިދާޅުވީ، އާންމު އެއްބާރުލުން ލިބި، ރަނގަޅަށް ތަންފީޒުވަމުން ދާނަމަ، މާލެ ސަރަހައްދުގައި މިހާރު އޮތް ފުރަބަންދުގެ މުއްދަތު ހަމަވުމުން، ލުއިތަކެއް ދިނުމަށް ވިސްނަވާ ކަމަށެވެ. މިހާރު އިއުލާންކޮށްފައިވާ 14 ދުވަހުގެ ފުރަބަންދުގެ މުއްދަތު ހަމަވަނީ މި މަހުގެ 28 ވަނަ ދުވަހަށެވެ. އެގޮތުން އެ ލުއިތައް ދޭނީ ފިޔަވަހިތަކަކަށް ބަހާލައިގެންކަން ފާހަގަ ކުރައްވާ ރައީސް ސޯލިހު ވިދާޅުވީ، މީހުން ގޭން ބޭރަށް ނިކުތުމާއި، ސްކޫލްތަކުގައި ކިޔަވައިދިނުމާއި މިސްކިތްތައް ހުޅުވަން އަދި ސަރުކާރުގެ އޮފީސްތަކާއި އާންމު އޮފީސްތައް ހުޅުވުން ހާއްސަ އިންތިޒާމްތަކެއްގެ ދަށުން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށެވެ. މި ލުއިތަކުގެ ސަބަބުން، ކޮވިޑް-19ގެ ހާލަތު ރާއްޖޭގައި ގޯސްވާ ނަމަ، އަލުން ފުރަބަންދަށް ދާން ޖެހިދާނެ ކަމަށް ވެސް ރައީސް ސޯލިހުގެ ހިތާބުގައި ފާހަގަ ކުރެއްވި އެވެ. އަދި ލުއިތައް ދިން ނަމަވެސް، މިއީ އާންމު ދިރިއުޅުމަށް ދެވުން ކަމަށް އާންމުން ބަލައިގެން ނުވާނެކަން ވެސް ރައީސް މިއަދު ފާހަގަ ކުރެއްވި އެވެ. ތަފްސީލް އަންނަނީ....
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ