ދިރާގާއި ބައިކް މޯލްޑިވްސް ގުޅިގެން "ތިންވަނަ މަމެން އިންޓަ ސްކޫލް ސައިކްލިން ޗެމްޕިއަންޝިޕް 2022" ބޭއްވުމަށްޓަކައި ރަޖިސްޓްރޭޝަން ހުޅުވާލައިފި އެވެ.
މިމުބާރާތް ބޭއްވުމަށް އެންމެ ފުރަތަމަ މަސައްކަތް ކުރީ 2020 ވަނަ އަހަރު އެވެ. ނަމަވެސް ކޮވިޑް-19ގެ ސަބަބުން މުބާރާތް ވަނީ ފަސްކޮށްފަ އެވެ.
މިމުބާރާތް ލޯންޗްކުރުމަށް ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ދިރާގުގެ އެސިސްޓެންޓް މެނޭޖަރު ބްރޭންޑް ނައިޔާ ޝަރީފް ވިދާޅުވީ މުބާރާތް ކުރިއަށް ގެންދިއުމުގައި ޑިވެލޮޕްމަންޓް ޕާޓްނަރެއްގެ ގޮތުގައި ބައިކް މޯލްޑިވްސް އަށް އެއްބާރުލުން ދިނުމަކީ ލިބޭ އުފަލެއް ކަމަށެވެ.
"އަޅުގަނޑުމެންގެ އުންމީދަކީ މިފަދަ ޓޯނަމަންޓްތަކުން ސްކޫލް ކުދިންގެ މެދުގައި ބައިކް ކުރުމުގެ ޝައުގުވެރިކަން އިތުރުވެ، ޅައުމުރުގައި ދުޅަހެޔޮ، ދެމެހެއްޓެނިވި ދިރިއުޅުމެއްގެ މުހިންމުކަން އެކުދިންނަށް އެނގިގެންދިއުން." ނައިޔާ ވިދާޅުވި އެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އޮންނަ ސައިކްލިން ޓްރެކްގައި މުބާރާތް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މިމަހުގެ 17 ވަނަ ދުވަހު އެވެ.
މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ސްކޫލު ދަރިވަރުންނަށް އެ ފުރުސަތު ދީފައިވާއިރު މުބާރާތުގައި ބައިވެރިވުމުގެ ފޯމު ދަރިވަރުންނަށް ފޯރުކޮށްދޭނީ އެ ދަރިވަރަކު ނިސްބަތްވާ ސްކޫލަކުންނެވެ.
ގޫގުލް ފޯމެއް މެދުވެރިކޮށް ރަޖިސްޓަރީވެވޭއިރު ދިރާގާއި ބައިކް މޯލްޑިވްސްގެ ސޯޝަލް މީޑިއާގެ ވަސީލަތްތަކުން ފޯމު ލިބޭނެ ގޮތް ހަމަޖައްސާފައިވެ އެވެ. އެއް ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި މުބާރާތުގައި 10 އިވެންޓެއް ކުރިއަށްދާނެ އެވެ.
މުބާރާތުގައި ހިމެނޭ އިވެންޓްތައް
11 އަހަރުން ދަށުގެ އުމުރުފުރާ – 1000 މީޓަރުގެ ފަން ރައިޑް13 އަހަރުން ދަށުގެ އުމުރުފުރާ - 200 މީޓަރު ސްޕްރިންޓް (އަންހެން / ފިރިހެން)13 އަހަރުން ދަށުގެ އުމުރުފުރާ - 1000 މީޓަރުގެ ރައިޑް (އަންހެން / ފިރިހެން)15 އަހަރުން ދަށުގެ އުމުރުފުރާ - 200 މީޓަރު ސްޕްރިންޓް (އަންހެން / ފިރިހެން)15 އަހަރުން ދަށުގެ އުމުރުފުރާ - 1000 މީޓަރުގެ ރައިޑް (އަންހެން / ފިރިހެން)17 އަހަރުން ދަށުގެ އުމުރުފުރާ - 200 މީޓަރު ސްޕްރިންޓް (އަންހެން / ފިރިހެން)17 އަހަރުން ދަށުގެ އުމުރުފުރާ - 3000 މީޓަރުގެ ރައިޑް (އަންހެން / ފިރިހެން) 19 އަހަރުން ދަށުގެ އުމުރުފުރާ - 200 މީޓަރު ސްޕްރިންޓް (އަންހެން / ފިރިހެން)19 އަހަރުން ދަށުގެ އުމުރުފުރާ - 3000 މީޓަރުގެ ރައިޑް (އަންހެން / ފިރިހެން)3000 މީޓަރުގެ ޓީމް ޕާރސޫޓް
ދިރާގުން ބުނީ 1000 މީޓަރުގެ ފަން ރައިޑް ފިޔަވައި ވާދަވެރި ކޮންމެ ކެޓަގަރީއަކުން ތިން އަންހެން އަދި ފިރިހެން ނަސީބުވެރިން ވެސް ހޮވާނެ ކަމަށެވެ.
ދިރާގުން އަބަދުވެސް މަސައްކަތް ކުރަނީ ތިމާވެއްޓަށް އީޖާބީ ގޮތެއްގައި އެހީތެރިވެދޭ އިވެންޓްތަކަށް އެއްބާރުލުންދީ، އިވެންޓްތައް ރާވައި، މުޖުތަމައުގެ ބައިވެރިވުން އިތުރުކޮށް، ސްކޫލް ކުދިންގެ ތަޖުރިބާތައް އިތުރުކުރުމަށް ކަމަށްވެސް އެކުންފުނިން ބުންޏެވެ.
އިންޓަ ސްކޫލް ސައިކްލިން ޗެމްޕިއަންޝިޕް ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ