މާލެ، ހުޅުމާލެ އިން މާދަމާ ކަރަންޓު ކެނޑިދާނެ

މާލެ އާއި ހުޅުމާލޭގެ ދެ ސަރަހައްދަކުން މާދަމާ ހެނދުނު ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.
ސްޓެލްކޯ އިން ބުނީ ޒަމާނީ ފަސޭހަތައް ހޯދައި، އެ ކުންފުނިން ދެމުންގެންދާ ހިދުމަތްތައް އިތުރު ހަރުފަތަކަށް ގެންދިއުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ގާއިމުކޮށްފައިވާ ޑިސްޓްރިބިއުޝަން ސްކާޑާގެ އެންމެ ފަހުގެ ޓެސްޓުތައް ހެދުމަށް ނިންމާފައިވާތީ އެ މަސައްކަތް ކުރިއަށްދާ ވަގުތު ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
އެގޮތުން މާދަމާ ހެނދުނު 6:00 އިން 6:30 އާ ދެމެދު 10 މިނެޓަށް ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.
މާލެއިން ހިދުމަތް މެދުކެނޑޭނީ މަޖީދީމަގާއި ޗާންދަނީމަގު، ކުދީނާގޯޅި، ކުދިރަތްމާ ގޯޅި، ދިލްބަހާރު މަގާއި ދިލްބަހާރު ގޯޅި، އަލި ކިލޭގެފާނު މަގާއި ސަހަރާމަގު، ނިޔަނދުރު ގޯޅި، ރާދަފަތި ހިނގުން އަދި ބޮޑުރަސްގެފާނު މަގުގެ އިތުރުން ހުވަފެނީގޯޅި އާއި ދޮން އަދަރާދަ ހިނގުމުންނެވެ.
ހުޅުމާލެއިން ކަރަންޓުގެ ހިދުމަތް މެދުކެނޑޭނީ ފިލިގަސްމަގު، ނިރޮޅުމަގު، ކަނީރުމަގު، ރީތިގަސް ހިނގުން، ކެލާ މަގު، ކާނިމަގު، ނިރޮޅުމަގު ގޯޅި 19 އަދި 20، ޗަނބޭލީ މަގު ގޯޅި ހަތަރެއް، ފަހެއް، ހައެއް، ހަތެއް އަދި ނުވައެއްގެ އިތުރުން ބުރެވި ގަސްމަގާއި ހަލަވެލި މަގުންނެވެ.
ކަރަންޓު ކެނޑުމުގެ ސަބަބުން އެ ސަރަހައްދުތަކުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މާފަށް އެދިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ