މާދަމާ ހެނދުނު މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

މާދަމާ ހެނދުނު މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯ އިން ވިދާޅުވެއްޖެއެވެ.
ސްޓެލްކޯއިން ވިދާޅުވީ ޒަމާނީ ފަސޭހަތައް ހޯދައި، އެކުންފުނިން ދެމުންގެންދާ ހިދުމަތްތައް އިތުރު ހަރުފަތަކަށް ގެންދިއުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ގާއިމްކޮށްފައިވާ ޑިސްޓްރިބިއުޝަން ސްކާޑާގެ އެންމެ ފަހުގެ ޓެސްޓްތައް ހެދުމަށްޓަކައި މާދަމާ ހެނދުނު 6:00 އާއި 6:30 އާއި ދެމެދު މާލެއާއި ހުޅުމާލޭގެ ދެ ސަރަހައްދަކުން 10 މިނުޓަށް ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
މާލެއިން ހިދުމަތް މެދުކެނޑޭނީ މަޖީދީމަގާއި، ޗާންދަނީމަގު، ކުދީނާގޯޅި، ކުދިރަތްމާ ގޯޅި، ދިލްބަހާރު މަގާއި، ދިލްބަހާރު ގޯޅި، އަލިކިލޭގެފާނު މަގާއި، ސަހަރާމަގު، ނިޔަނދުރުގޯޅި، ރާދަފަތި ހިނގުން އަދި ބޮޑުރަސްގެފާނު މަގުގެ އިތުރުން، ހުވަފެނީގޯޅިއާއި، ދޮނަދަރާދަ ހިނގުމުން ކަމަށް ސްޓެލްކޯއިން ވިދާޅުވިއެވެ.
ސްޓެލްކޯއިން ވިދާޅުވީ ހުޅުމާލެއިން ކަރަންޓުގެ ހިދުމަތް މެދުކެނޑޭނީ ފިލިގަސްމަގު، ނިރޮޅުމަގު، ކަނީރުމަގު، ރީތިގަސް ހިނގުން، ކެލާ މަގު، ކާނިމަގު، ނިރޮޅުމަގު ގޯޅި 19 އަދި 20، ޗަނބޭލީމަގު ގޯޅި 4،5،6،7 އަދި 9 ގެ އިތުރުން ބުރެވިގަސްމަގާއި ހަލަވެލި މަގުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ