ސާނަވީ އިމްތިހާނު ނިންމާ ދަރިވަރުންގެ ތެރެއިން ރަނގަޅު ނަތީޖާ ހޯދާ ދެ ދަރިވަރަކަށް ސްޓެލްކޯގެ މަސައްކަތުގެ ދާއިރާއަކުން ސްކޮލަޝިޕް ދޭން މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅުވެއްޖެ އެވެ.
ސްޓެލްކޯއިން ފޯރުކޮށްދޭ ކަރަންޓުގެ ހިދުމަތަށް 73 އަހަރުން ފުރުން ފާހަގަކުރުމަށް ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ޝަރީފު ވިދާޅުވީ، ސްޓެލްކޯއިން ބޭނުންވަނީ ރާއްޖެއިން ބޭރުން ހުނަރުވެރިން ގެނައުމުގެ ބަދަލުގައި ނުވަތަ ރާއްޖެއިން ބޭރުގެ ހުނަރުވެރިންގެ ލަފައާއި މަޝްވަރާ ހޯދުމުގެ ބަދަލުގައި ދިވެހިންގެ ލަފައާއި މަޝްވަރާގެ އެހީގައި ހަކަތައިގެ ދާއިރާ ކުރިއަރުވަން ކަމަށެވެ.
އެގޮތުން ސްޓެލްކޯގައި މިހާރުވެސް ޒުވާން ދިވެހި އިންޖިނިއަރުންގެ ޓީމެއް މަސައްކަތް ކުރަމުންދާއިރު، ދިވެހިން މި ހިދުމަތަށް ތަމްރީނުކުރުމުގެ ވިސްނުން ސްޓެލްކޯގެ އެބަ އޮތް ކަމަށް ވިދާޅުވި އެވެ.
“އަޅުގަނޑުމެން މިހާރު ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރަމުން މިދަނީ އިރާދަކުރެއްވިއްޔާ މި އަންނަ އަހަރުން ފެށިގެން ރާއްޖޭގެ މަތީ ސާނަވީ ނިންމާ ކުދިންގެ ތެރެއިން، ރަނގަޅު ނަތީޖާ ހޯދާ ކުދިންގެ ތެރެއިން ކޮންމެ ދެ ކުއްޖަކު ކޮންމެވެސް އަންހެން ކުއްޖަކާ ފިރިހެން ކުއްޖަކު އަޅުގަނޑުމެން ސްޓެލްކޯއިން ބޭނުންވާ ދާއިރާއަކުން ކިޔެވުމުގެ ފުރުސަތު ހުޅުވާލުމާ ބެހޭ ގޮތުން މިހާރު އަޅުގަނޑުމެން މަޝްވަރާ ކުރަމުން އެބަދަން،” ޝަރީފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުނިން ކަރަންޓް އުފެއްދުމަކީ ސަރުކާރުގެ ސިޔާސަތެއް ކަމަށާއި ކުނިން ކަރަންޓް އުފެއްދުމުގެ މަސައްކަތް ތިލަފުށީގައި މިހާރުވެސް ކުރަމުންދާ ކަމަށެވެ. އަދި ކުނިން އުފައްދާ ކަރަންޓުގެ 10 ކިލޮވޯޓް ގަތުމަށް ސަރުކާރާއެކު މަޝްވަރާ ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.
ސާނަވީ އިމްތިހާނުން ރަނގަޅު ނަތީޖާ ހޯދާ ދެ ދަރިވަރަކަށް ސްޓެލްކޯއިން ސްކޮލަޝިޕް ދެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ