ބޭރުގެ ކުންފުނިތަކަށް އޮޅުވާލައިގެން ފައިސާ ހޯދި މީހަކު ހައްޔަރުކޮށްފި

ރާއްޖެއިން ބޭރުގެ ކުންފުނިތަކަކަށް އޮޅުވާލައިގެން ރާއްޖެއަށް މުދާ އެތެރެކޮށް މަކަރާއި ހީލަތުން މަންފާ ހޯދަމުން ދިޔަ މީހަކު ހައްޔަރުކޮށްފިއެވެ.
މަކަރާއި ހީލަތުން އޮޅުވާލައިގެން މުދާ އެތެރެކޮށް، އެ މުދާ ރާއްޖޭގައި ވިއްކާ މަންފާ ހޯދަމުންދާ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ 37 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މީޑިއާތަކަށް  މައުލޫމާތު  ދެމުން  ފުލުހުން  ބުނީ، ރާއްޖެއިން ބޭރުގެ އެކި ޤައުމުތަކުގެ ކުންފުނިތަކުން ދިވެހި ރާއްޖެއަށް މުދާ އެތެރެކޮށް އެ މުދަލުގެ އަގު އަދާކުރުމުގެ ގޮތުން އެފަރާތްތަކަށް ސައްޙަ ނޫން ޓެލެގްރަފިކް ޓްރާންސްފަރ (ޓީ.ޓީ) ފޮނުވައި، މަކަރާއި ހީލަތުން އޮޅުވާލައިގެން މުދާ އެތެރެކޮށް، އެމުދާ ރާއްޖޭގައި ވިއްކާ މަންފާ ހޯދަމުންދާކަމަށް ތުހުމަތުކުރެވޭ މީހަކު ހޯދައި ވަނީ ހައްޔަރުކޮށްފައިވާ  ކަމަށެވެ.
މީގެއިތުރުން، އެ  މައްސަލައާއި ގުޅިގެން މާލޭގައި އެމީހާ ދިރިއުޅެމުންދާ ތަން  ބަލައި .ފާސްކޮށްފައިވާ  ކަމަށްވެސް  ފުލުހުން  ބުންޏެވެ.
އެ  މައްސަލަ މިހާރު ދަނީ އިކޮނޮމިކް ކްރައިމް ޑިޕާރޓްމަންޓުން ދަނީ ތަޙްޤީޤްކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ