ފަހުން ފައިސާ ދައްކާ ގޮތަށް ފުލުހުންނަށް ހިދުމަތްދޭނެ ކްލިނިކްތަކެއް ހޯދަނީ

ފަހުން ފައިސާ ދައްކާ ގޮތަށް ދިވެހި ފުލުހުންނަށް ބޭސްފަރުވާގެ ހިދުމަތްދޭނެ ކްލިނިކްތަކެއް ހޯދަން އިއުލާނު ކޮށްފިއެވެ.
ފުލުހުންގެ އިދާރާއިން މިއަދު ކުރި އިއުލާނެއްގައި ބުނީ، ދިވެހި ފުލުހުންގެ ޚިދުމަތުގައި މަސައްކަތްކުރާ މުވައްޒަފުންނާއި މުވައްޒަފުންގެ އާއިލާތަކަށް ދިވެހި ފުލުހުންގެ ޚިދުމަތަށް ބިލްކުރާގޮތަށް ކްރެޑިޓް އުސޫލުން ބޭސްފަރުވާ ކޮށްދޭނެ ކްލިނިކްތައް ހޯދަން ބޭނުންވާ ކަމަށެވެ.
އެގޮތުން އެހިދުމަތް ފޯރުކޮށްދޭން ބޭނުންވާ ކްލިނިކްތަކުން ރެޖިސްޓްރޭޝަން ފޯރމް ފުރިހަމަ ކުރެއްވުމަށްފަހު، [email protected] އަށް މެއިލްކޮށް އަދި [email protected] އަށް ކޮޕީ ފޮނުވުމުން ރަޖިސްޓްރީވިކަމުގެ ސްލިޕް މެއިލްކުރެވޭނެ ކަމަށް އިއުލާނުގައި ވަނީ ބުނެފައެވެ.
އެކަމަށް ރަޖިސްޓްރީ ކުރުމުގެ އެންމެ ފަހުގެ ތާރީޚެއް ކަމަށް އެއިއުލާނުގައި ބުނެފައިވަނީ މިމަހުގެ 30 ވަނަ ދުވަހުގެ މެންދުރު 14:00 އެވެ. އެހެންކަމުން އޭގެ ފަހުން ރަޖިސްޓްރީކުރާ ފަރާތްތައް ބަލައި ނުގަންނާނެ ކަމަށް ވެސް އެއިއުލާނުގައި ބުނެފައިވެއެވެ.
އިތުރު މައުލޫމާތު ބޭނުންވާނަމަ، އީމެއިލް މެދުވެރިކޮށް، މެއިލް ކުރެއްވުމުން ނުވަތަ 9790052 ނަންބަރަށް ގުޅައިގެން ވެސް ލިބޭނެ ކަމަށް ފުލުހުންގެ އިއުލާނުގައި ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ