ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސަތު އެ ޕާޓީން ހުޅުވައިލައިފިއެވެ.
މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިދިކޮޅު ކޯލިޝަނުގައި ހިމެނޭ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ހުސްވެފައިވާ ގޮނޑިއަށް ޕީޕީއެމްގެ ފަރާތުން ވާދަކުރާާ ކެނޑިޑޭޓަކު ހޮވުމަށް ބާާއްވާ ޕްރައިމެރީ އަންނަ ހުކުރު ދުވަހު އޮންނާނެ ކަމަަށެވެ.
އެ ޕްރައިމެރީގައި ވާދަކުރުމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން މާދަމާ މެންދުރު ފަހު 2:30 އާ ހަމައަށް ހުޅުުވާލާކަމަށް އޭނާ ވިދާޅުވި އެވެ.
އިލެކްޝަން ކޮމިޝަނުން ވަނީ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން އަންނަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު ބާއްވަން ނިންމައި އެކަން ރަސްމީކޮށް އިއުލާނުކޮށްފައެވެ.
އެ އިންތިހާބުގައި ވާދަވެރި އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެނޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީއަށް ވެސް ކުރިމަތިލުމަށް ހުޅުވާލުމުން ޖުމްލަ ހަތަރު ފަރާތަކުން ވަނީ ފޯމު ހުށަހަޅާފަަ އެވެ. އެމްޑީޕީގެ ޕްރައިމެރީ އޮންނާނީ މިމަހުގެ 11 ވަނަ ދުވަހު އެވެ.
ގުރައިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެންބަރު ކަމުގައި ހުންނެވި އިބްރާހިމް ރިޒާ, 55, މި މަހުގެ 23 ގައި އަވަހާރަވުމާ ގުޅިގެންނެވެ. ރިޒާ އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅުގައި މެލޭޝިއާގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.
މަޖިލީހުގެ ގުރައިދޫ ދާއިރާގައި ހިމެނެނީ ގުރައިދޫ އާއި ގުޅި އާއި މާފުއްޓެވެ.
ގުރައިދޫ ދާއިރާގެ ޕީޕީއެމް ޕްރައިމަރީ ހުކުރު ދުުވަަހު ބާއްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ