ގުރައިދޫ ދާއިރާގެ ގޮނޑި ލިބުމަކީ ބޮޑު ކުރިއެރުމެއް: ރައީސް
އެމްޑީޕީއަށް ރައްޔިތުންގެ މަޖިލީހުގެ ކ. އަތޮޅުގެ ގޮނޑިއެއް މީގެ ކުރިން ދުވަހަކު ވެސް ލިބިފައެއް ނެތެވެ. ނަމަވެސް، މިއަދު ބޭއްވި ކ. ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި އެކަން މި ވަނީ ބަދަލުވެފަ އެވެ. މި ވީހާ ތަނުގައި އިދިކޮޅު ޕީޕީއެމްއިން ކޮންޓްރޯލް ކުރަމުން އައި ގުރައިދޫ ދާއިރާ އެމްޑީޕީއަށް ވަނީ ފުރޮޅިފަ އެވެ.މިއަދު ބޭއްވި ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި އިދިކޮޅު ޕީޕީއެމްއާ ވާދަކޮށް، އެމްޑީޕީގެ ކެންޑިޑޭޓު އިބްރާހިމް ޝާޒު ކާމިޔާބު ކާމިޔާބުކުރީ 1346 ވޯޓުންނެވެ.އޭނާއާ ވާދަކުރި ޕީޕީއެމްގެ ހުސައިން ރިޒާއަށް 1226 ވޯޓު ލިބުނުއިރު އެމްއެންޕީގެ އަލީ އާރިފަށް ލިބުނީ 122 ވޯޓެވެ. މި ތިން ކެންޑިޑޭޓުން ނިސްބަތް ވަނީ ގުރައިދޫ އަށެވެ.ބައި އިލެކްޝަން ކާމިޔާބު ކުރި ޝާޒަށް މަރުހަބާ ދެންނެވުމަށް ރައީސް ސޯލިހު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައި ވަނީ، "މި އިންތިހުބުން ހާމަވެގެން މިދިޔައީ ސަރުކާރާއެކު ދާއިރާގެ ރައްޔިތުން ތިއްބެވިކަން. ފުރަތަމަ ފަހަރަށް މިދާއިރާގެ ގޮނޑި އެމްޑީޕީއަށް ކާމިޔާބުވަމަކީ ޕާޓީއަށް ލިބުނު ބޮޑުކުރިއެރުމެއް" ކަމަށެވެ.ރައީސް މިހެން ވިދާޅުވިއިރު، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އަދި އެ މަނިކުފާނުގެ "ފިކުރެއްގެ ދިރުމުގެ" މެމްބަރުން ގުރައިދޫ ބައި އިލެކްޝަންގައި ޝާޒަށް ކެމްޕެއިނެއް ނުކޮށްދެ އެވެ.މި އިންތިހާބުގައި 3423 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވާއިރު ވޯޓު ލާފައިވަނީ 2755 މީހުންނެވެ.ޝާޒް ގުރައިދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރުމާ ގުޅިގެން އެމްޑީޕީން އަންނަނީ އުފާ ފާޅުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ