ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެ: ސްޓެލްކޯ

ސްޓްލެކޯގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަކަށް މާލޭގެ އެކި ސަރަހައްދު ތަކުން މިއަދު ކަރަންޓުގެ ޚިދުމަތް މެދު ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެކުންފުނިން ބުނެފިއެވެ.
އެގޮތުން މިއަދު މެންދުރު 13:00 އިން 14:30 އަށް ކަރަންޓުގެ ޚިދުމަތް މެދު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ފާހަގަކޮށްފައިވަނީ ގަލޮޅު އަދި ހެންވޭރުގެ މަޖީދީމަގާއި، ޝަބުނަމް މަގާއި، ކަރަންކާމަގާއި، އަބަދަށްފެހި މަގުގެ އިތުރުން، ހަދީބީމަގާއި ސޯސަން މަގެވެ.
އަދި ހަމަ މިގަޑީގައި މައްޗަންގޮޅީގެ ޗާންދަނީ މަގާއި، އިސްކަންދަރު މަގު އަދި ދެވިނަ މަގާއި، ނިކަގަސްމަގުގެ އިތުރުން ދިލްބަހާރު މަގުން ވެސް ކަރަންޓުގެ ޚިދުމަތް މެދު ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.
Advertisement
ސްޓެލްކޯ އިން ވަނީ ކަރަންޓުގެ ޚިދުމަތް މެދުކެނޑުމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް މާފަށް އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ