ރާއްޖެއާއި މޮރިޝަސްއާ ދެމެދު އޮތް ކަނޑުގެ އިމުގެ މައްސަލައިގައި، ޗާގޯސްގެ ދިޔާދަތީ ބާރު މޮރިޝަސްއަށް އޮތްކަމަށް އެއްބަސްވެވަޑައިގެން އެ ގައުމުގެ ބޮޑުވަޒީރަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ފޮނުއްވި ސިޓީފުޅު ބާތިލުކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.
އިޓްލޮސްއިން ނިންމި މައްސަލާގައި ރާއްޖެއިން 200 ނޯޓިކަލް މޭލު ހޯދުމަށް އިކުއިޓިބަލް ނުވަތަ އަދަލުވެރި އުސޫލުން ކަނޑުގެ ސަރަހައްދު އިންކުރުމަށް ވަކާލާތުކޮށްފައިނުވެ އެވެ. އޭގެ ބަދަލުގައި ރާއްޖެއިން ވެސް އެއްބަސްވެފައިވަނީ މޮރިޝަސްއިން އެދުނު ގޮތަށް އިކުއިޑިސްޓޭންސްގެ އުސޫލު ނުވަތަ ފުށުއަރާ ސަރަހައްދު ހަމަހަމައަށް ބައިކޮށް ބަހައިލުމަށެވެ.
މަޖިލީހުގެ ލަފާވެސް ހޯދުމެއްނެތި އެ މައްސަލައިގައި މޮރިޝަސްއާ އެއްކޮޅަށް ވޯޓުދޭނެކަން ހާމަކޮށް ރައީސް އިބްރާހީމް އެގައުމުގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅާއެކު، ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުން ބައެއް އުނިވުމުގެ ކަންބޮޑުވުން، ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާއި، މޯލްޑިވްސް ނެޝެނަލް ޕާޓީ (އެމްއެންޕީ)ގެ އިތުރުން އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން ވަނީ ފާޅުކޮށްފަ އެވެ. އަދި އެ މައްސަލައިގައި ދިވެހި ރައްޔިތުން ސަރުކާރުގެ ނިންމުމަށް ތާއީދު ނުކުރާކަން ހާމަކޮށް އެފަރާތްތަކުން ވަނީ ޓްރައިބުއުނަލަށް ސިޓީވެސް ފޮނުވާފަ އެވެ.
މޮރިޝަސްއަށް ފޮނުވި ސިޓީ ބާތިލްކުރަން ސުޕްރީމް ކޯޓަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ