ސިއްހީ ދާއިރާގެ މުސާރަ: ކޮންމެ ދެ އަހަރަކުން މަގާމުގެ އެލަވަންސް އިތުރުވާނެ
ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަތަކަށް ގެނައި ބަދަލާއެކު، އެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ މަގާމުގެ އެލަވަންސް ކޮންމެ ދެ އަހަރަކުން އިތުރު ވާނެ ކަމަށް ނެޝަނަލް ޕޭ ކޮމިޝަންގެ ޗެއާމަން މުހައްމަދު ފައިޒަލް ވިދާޅުވެއްޖެއެވެ. ފައިޒަލް އެހެން ވިދާޅުވީ، ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމާ ގުޅިގެން ޕޭ ކޮމިޝަނާއި ފިނޭންސް، ހެލްތު އަދި ޖެންޑާ މިނިސްޓްރީން މިރޭ ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ. "މީގެއިން ކޮންމެ މަގާމަކަށް ވެސް ދެ އަހަރުން ދެ އަހަރުން މުސާރައިގެ ކުރިއެރުން އަންނާނެ. އެގޮތަށް ދެ އަހަރަށް ފަހު އަންނަ ކުރިއެރުމާ ހަތަރު އަހަރަށް ފަހު އަންނަ ކުރިއެރުން ވެސް ހުންނާނެ،" އޭނާ ވިދާޅުވިއެވެ. ތަފްސީލް އަންނަނީ...
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ