ރާއްޖޭ މަހުޖަނު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްގެ ކުންފުނި ފުނޑުފުނޑުކޮށްލުމުގެ މަސައްކަތް ފައްޓަވައިކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
މިއަދު ވިލާ ޓީވީއަށް ދިން އިންޓަވިއުއެއްގައި ގާސިމް ވިދާޅުވީ އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތުގައި ދެމި ހުންނަވާނެކަމަށާއި ސަރުކާރުން އެމަނިކުފާނުގެ ކުންފުނި ފުނޑުފުނޑުކޮށްލިޔަސް އެމަނިކުފާނު ކުރައްވާ މަސައްކަތް ހުއްޓަވާ ނުލައްވާނެކަމަށެވެ.
"އަޅުގަނޑު މިކުރާ މަސައްކަތް އަޅުގަނޑު ކުރާނަން މީހަކު ކިތަންމެ ރުޅިއަޔަސް ސަރުކާރުން ކިތަންމެ ނުހޮރުއްޕާނެއް ކުރިއަސް ސަރުކާރުން އަޅުގަނޑުގެ ކުންފުނި ފުނޑުފުނޑުކޮށްލަން ނިންމިއަސް އަދި އަޅުގަނޑާއި އަޅުގަނޑުގެ މުވައްޒަފުންނަށް ލާރިއެއް ލިބޭނެ ގޮތް ހުއްޓުވަން ކިތަންމެ ގިނަ ގުނަ ކަންތައްތަކެއް ކުރިއަސް މިހާރު ކުރަން ފައްޓަވައިފި މިހާރު އަތް ބާނަން ފައްޓަވައިފި އިނގޭތޯ" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ އެމަނިކުފާނަކީ މީހަކު ދައްކާހާ ވަހަކައަކަށް ހެއްލޭނެ ބޭފުޅެއް ނޫންކަމަށެވެ. އަދި އެމްޑީޕީ ހަލާކުކޮށްލި މީހާގެ ނަން އެމަނިކުފާނުގެ އިސްތަށިފުޅުގައި އެޅެން އެމަނިކުފާނު ބޭނުންފުޅު ނުވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ދައްކާހާ ވާހަކައަކަށް މީހަކު ޖަހާހާ ބެރަކަށް ގުނބޯއެއްހެން ނަށާނެ މީހެއް ނޫނޭ އިނގޭތޯ މީކީ އިރާދަކުރެއްވިއްޔާ އެކަމެއް ނުކުރާނަން. އެކަން ކުރާކަށް ނެތިން. އެހެންވީމަ އަޅުގަނޑު ބޭނުމެއް ނުވޭ އެމްޑީޕީ ހަލާކުކޮށްލި މީހާގެ ނަން އަޅުގަނޑު އެޅޭކަށެއް އަޅުގަނޑު ބޭނުމެއް ނުވޭ ބަސްނުވިކޭ އޮޑީގެ ދިރުނބާކޮޅަށް އަރާކަށެއް. އަޅުގަނޑެއް ބޭނުމެއް ނުވޭ އިސްލާމްދީނާ ހިލާފަށް އެއްވެސް ކަމެއް ދާތަން ބަލަހައްޓައިގެން ހުންނާކަށެއް." ގާސިމް ވިދާޅުވިއެވެ.
ގާސިމް އިތުރަށް ވިދާޅުވީ ދިވެހި ރާއްޖޭގެ ބިމުގެ ނުނީ ކަނޑުގެ ސަރަހައްދުން އަކަ އިންޗިއެއްވެސް ގެއްލޭކަށް ޖުމްހޫރީ ޕާޓީން ބޭނުން ނުވާކަމަށެވެ. އަދި އެކަން އޮންނާނީ އަބަދުވެސްއެހެން ކަމަށް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.
އަޅުގަނޑުގެ ކުންފުނި ފުނޑުފުނޑުކޮށްލުމުގެ މަސައްކަތް ސަރުކާރުން ފައްޓަވައިފި: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ