ޖަލްސާއަށް އިންޑިއާ އައުޓް ބެނާ ވެއްދީ ސަރުކާރުން ކަމަށް ތުހުމަތު ކޮށްފި

"ކަނޑު ވިއްކުމާ ދެކޮޅު" ޖަލްސާގައި، "އިންޑިއާ އައުޓް" ބެނާ ބޭނުން ކުރީ ސަރުކާރުން ރާވައިގެން ކަމަށް ތުހުމަތު ކޮށްފިއެވެ.
ރޭގެ ޖަލްސާގައި ބަޔަކު ވަނީ، "އިންޑިއާ އައުޓް"ޖެހި ޓީޝާޓް ލައިގެން، އެހެން ލިޔެފައިވާ ބެނާއެއްވެސް ހިފައިގެން ހަރަކާތްތެރިވެފައެވެ.
ހުޅުމާލޭގެ ކައުންސިލަރު، އިބްރާހީމް ޝިޖާޢު ވިދާޅުވީ، "ކުދި ބައެއްގެ އަތަށް ބެނާ ދީފައި ފޮނުވީ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު، އަޒްމޫން އަޙްމަދު ކަމަށާއި، އެ ޢަމަލަކީ، ރޭގެ ޖަލްސާއަށް ހާޒިރުވި "ދަ ޑިމޮކްރެޓްސް"ގެ ލީޑަރޝިޕާ ދެކޮޅަށް ހިންގި ފިނޑި ޢަމަލެެއް ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ، ކަމެއް ކޮލިޓީކޮށް ކުރަން ވެސް ނޭނގޭއިރު، ފޮޓޯ ނަގައިފައި ދުވެ ފިލީ ކަމަށެވެ.
އިދިކޮޅު ފަރާާތްތަކުން، ކުރިއަށް ގެންގޮސްފައިވާ، "އިންޑިއާ އައުޓް" ހަރަކާތަކީ ރާއްޖޭގައި ތިބި ކަމަށް ބުނާ އިންޑިއާގެ އަސްކަރިއްޔާ ރާއްޖެއިން ބޭރުކުރުމަށް ހިންގަމުން ހަރަކާތެކެވެ. މި ހަރަކާތް ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ވަނީ މަނާކޮށްފައެވެ. އެއާއެކު އިންޑިއާ އައުޓް ކެމްޕެއިން ވަނީ މަޑުޖެހިފައެވެ.
ރޭގެ ޖަލްސާ ފެށުމުގެ ކުރިން ޖަލްސާގެ ހޯސްޓްވަނީ މި ޖަލްސާގައި ވަކި ޤައުމަކާ ދެކޮޅަށް ޝުޢޫރު ފާޅުނުކުރުމަށް ޕީޕީއެމް ލީޑަރޝިޕުން އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.
ކަނޑުވިއްކާލުމާ ދެކޮޅު ކޯލިޝަންގައި ޕީޕިއެމްގެ އިތުރުން, އެމްއެންޕީ ރައީސް ނަޝީދުގެ "ޑަ ޑިމޮކްރަޓްސް" އުމަރު ނަސީރު, ޑރ. މުނައްވަރު, އާޒިމާ ޝުކޫރު ހިމެނިވަޑައިގަންނަވައެވެ.
ޖޭޕީން މި ޖަލްސާގައި ބައިވެރިނުވާން ނިންމި ނަމަވެސް, ޖަލްސާގައި ޖޭޕީގެ މަޖިލިސް މެންބަރު އަލީ ހުސެއިން ވާހަކަ ދެއްކެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ