ސިޔާސީ ޕޯޑިއަމްތަކަށް އަރައި ސިޔާސީ މީހުން މިހާރު ހިތުހުރިހާ އެއްޗެއް ކިޔާ އިރު، ބަޔަކު ވެސް އަތްޖަހަނީ އެވެ. ރިޔާސީ އިންތިހާބުގެ ކެމްޕޭންގެ ފޯރިގަނޑުގެ ޖޯޝާއި ރޫހުގައި ޕޯޑިއަމްތަކަށް އަރުއްވައި ބައެއް ބޭފުޅުނަށް މިހާރު ކިޔޭނުކިޔޭ އެއްވެސް ނޭނގެ އެވެ.
މީގެ ދެ ރެއެއް ކުރިން ވެސް މިފަދަ މަންޒަރެއް ފެނި، އެތައް ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވެ އެވެ. އެމްޑީޕީ ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ ނައިބު ރައީސް ޑރ. އައިޝަތު ރަފިއްޔާ ވަނީ އިއްޔެ ރޭ ގދ. ގައްދޫގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެމްޕޭން ޖައްސާގައި އަވަގުރާނަ ގޮވައިފަ އެވެ. ސިޔާސީ ވާދަވެރި ބަޔަކަށް ފާޑު ވިދާވުމުގެ ތެރޭގައި ފެންފޯއްރުކާ ގުޅުވައި "…ފައިން އެރިދާނެ" ކަމަށް ވިދާޅުވެ، އޭނަ އެތައް ބައެއްގެ ކުރިމަތީގައި ދެއްކެވި ހުތުރު ވާހަކައާ ގުޅިގެން މިހާރު ވަނީ މައާފަށް ވެސް އެދިވަޑައިގެންފަ އެވެ.
ގދ. ގައްދޫގައި އޮތް ޖަލްސާގައި އަޅުގަނޑު އައުގުރާނަ ގޮވިކަމަށް ބުނެ ނޫސްތަކުގައި ލިޔެފައިވާ ވާހަކައާ ގުޅޭ ގޮތުން ދަންނަވަމެވެ. އަޅުގަނޑު ދެއްކި ވާހަކައިގައި ބޭނުންކޮށްފައިވާ އިބާރާތް ބޭނުންކޮށްފައި ވަނީ އެއްވެސް ހާލެއްގައި އައުގުރާނަގޮވުމާއި ބޭއަދަބީ އިބާރާތެއް ބޭނުންކުރުމުގެ…
— Dr. Aishath Rafiyya (@Arafiyya) August 9, 2023
ރަފިއްޔާ ވިދާޅުވާ ގޮތުން އޭނަ ދެއްކެވި ވާހަކައިގައި ބޭނުންކުރި އިބާރާތަކީ އެއްވެސް ހާލެއްގައި އަވަގުރާނަ ގޮވުމާއި ބޭއަދަބީ އިބާރާތެއް ބޭނުންކުރުމުގެ ނިޔަތުގައި ދެއްކި ވާހަކައެއް ނޫނެވެ. އެހެންވެ ދެން އޭނަ ދެއްކެވި ވާހަކައާ މެދު ކަންބޮޑުވި މީހުން އެކަން ހަނދާން ނައްތާލާފައި އޭނަ އަށް މައާފުކުރަންވީ އެވެ.
ރަފިއްޔާގެ ވާހަމަ މި ހިސާބަށް އަހަރެމެން ކުރުކޮށްލާފައި އަނެއްކާ ވެސް ސިޔާސީ ޕޯޑިއަމަކުން ޒާތެއްގެ ހަޑި އެހެން ވާހަކައެއްގެ ވާހަކަ ދައްކަމާ ހިނގާށެވެ. މި ވާހަކަ ރޭ ދެއްކެވީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމެވެ. އޭނަގެ މެނިފެސްޓޯ ލޯންޗްކުރަން ރޭ ބޭއްވި ހަފުލާގައި ދެއްކެވި ވާހަކަތަކުގައި ވެސް "އާއިލާގެ މީހުންނާ އެކީ ތިބެގެން އަޑުއަހަން ނުކުރޭ ކަހަލަ ވާހަކަތަކެއް ދައްކަވާފައިވެ" އެވެ.
ސަރުކާރުން ބޭރުގެ އެކި ފަރާތްތަކާ އެކީ ހަދާ އެއްބަސްވުންތަކާ ބެހޭ މައުލޫމާތު ހާމަނުކޮށް، އެފަދަ ކަންކަން ސިއްރުކުރައްވާތީ އެކަމަށް ފާޑު ވިދާޅުވެ "އާންމު މިންގަނޑުން ބޭރު" ވާހަކަތަކެއް ގާސިމް ދެއްކެވި އެވެ.
އޭނަ ވިދާޅުވި ގޮތުގައި ދައުލަތަކުން ސިއްރުކުރަން ޖެހޭ ލިޔެކިޔުންތަކެއް ހުރެގެން ނުވާނެ އެވެ. އަދި އެކަމަށް ބާރު ދެއްވައި ގާސިމް ނެންގެވި މިސާލަކީ "އަޑު އަހަން ފަސޭހަ" ވާހަކަތަކެއް ނޫނެވެ.
ޤާސިމްގެ ވަރުގަދަ ބަހުގެ ހަމަލާތައް ރައީސް ސާލިޙަށް: ރައްޔިތުން ބުނެފިއްޔާ ޖަނގިޔާ ބާލާފަވެސް ދައްކަންޖެހޭނެ– ގާސިމް ފާހަގަކުރެއްވީ ކަނޑުގެ މައްސަލާގައި ރައީސް ސާލިޙް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅުގެ މައްސަލަ– އަދި ވިދާޅުވީ ރައްޔިތުންނަށް ސިއްރުކުރަންޖެހޭ ކަމެއް… pic.twitter.com/p7y7QoUXQL
— Sukun Play (@sukunplay) August 9, 2023
"ޖަނގިޔާ ބާލާގައި ދައްކާށޭ ބުންޏަސް ދައްކަން ޖެހޭނެ ރައްޔިތުން ބުނެފިއްޔާ." ގާސިމް ވިދާޅުވި އެވެ.
އޭނަގެ މި އިބާރާތާ އެކީ އަތްހަޖާ އަޑާއި ފޯރިނަގާ އަޑު ޖަލްސާގެ ތެރެއިން ބާރަށް އިވެމުން ދިޔަ އެވެ.
"މާފުކުރައްވާ. އަޅުގަނޑު މިތާނގައި މި ދެންނެވީ [ޖަނގިޔާ ބާލާފާއި] އައުރަ ކަޝްފުކުރާށޭ ބުނުމުގެ ނިޔަތުގައެއް ނޫން،" ގާސިމް ވިދާޅުވިި އެވެ. "އަޅުގަނޑު މި ދެންނެވީ ރައްޔިތުން ހަވާލުކުރި ކަމެއް ގާނޫނުއަސާސީގެ ހުދޫދުގެ ތެރޭގައި، ގާނޫނީ އިމުގެ ތެރެއިން ނޫން ގޮތަކަށް ވެރިކަން ކުރުމުގެ ބާރެއް އެއްވެސް މަގާމެއް ފުރުމުގެ ބާރެއް އެކަކަށް ވެސް ނެތޭ."
އެހެންވެ ސިއްރުކުރަން ޖެހޭ އެއްޗެއް އޮވެގެން ނުވާނެ ކަމަށާއި ހާމަކަން ބޮޑުކޮށް ކަންކަންކުރުމުން އެކަމުގެ ޕްރެޝަރެއް ވެސް ނޯންނާނެ ކަމަށް ވިދާޅުވި އެވެ.
ރާއްޖޭގެ ސިޔާސީ މީސްމީހުންގެ ފަރާތުން މިފަދަ ބަސްތަކާއި އިބާރާތްތައް އިވުން މިހާރު ވަނީ އާންމު ކަމަކަށް ވާން ފަށައިފަ އެވެ. މީގެ ކުރިން ބައެއް ސިޔާސީ ޕާޓީތަކުގެ ވެރިން ނޫސްވެރިންގެ ބައްދަލުވުންތަކުގައި ވެސް އައުގުރާނަ ގޮވާފައިވެ އެވެ. މިއީ ހަގީގަތުގައި ލުއިކޮށް ނަގަން ޖެހޭ ކަހަލަ ކަމެއް ނޫނެވެ. މިއީ މަޖާވެގެން އަތްތިލަބަޑި ޖަހައި، ސާބަސްދޭންވީ ވަރުގެ ކަމެއް ނޫނެވެ.
ގާސިމް މި ވާހަކަ ވެސް "މާ ރީއްޗެއް ނޫން"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ