ސާވޭ ކުރުމުގެ ނަމުގައި ދަރިވަރުންގެ އައިޑީ ކާޑު ކޮޕީ ހޯދާ މައްސަލައެއް

ދަރިވަރުންނަށް އަމާޒުކޮށްގެން ސާވޭއެއް ކުރުމުގެ ނަމުގައި އެ ދަރިވަރުންގެ އައިޑީ ކާޑުގެ ކޮޕީ ހޯދަމުން ގެންދާތީ އެކަމަށް ފާރަވެރިވުމަށް ފުލުހުން އިލްތިމާސް ކޮށްފި އެވެ.
ވީ ކިހިނެއް؟ - އޮޅުވާލައިގެން މިފަދައިން ދަރިވަރުންގެ އައިޑީ ކާޑު ކޮޕީ ހޯދަމުން ގެންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ބުނެ، ފުލުހުން ވަނީ މިއަދު އެކަމާ ބެހޭ ގޮތުން 'އެކްސް'ގައި ޕޯސްޓްކޮށްފަ އެވެ.
ބުނީ ކީކޭ؟ - ފުލުހުން ބުނި ގޮތުގައި މިފަދަ ރަސްމީ ޑޮކިއުމެންޓްތަކުގައި ހިމެނޭ ޒާތީ މައުލޫމާތު އެކި ގޮތްގޮތަށް ބޭނުން ކޮށްފާނެ އެވެ. އެގޮތުން:
އެކި އެކި ސްކޭމްތައް ހިންގުމަށް
އައިޑެންޓިޓީ ތެފްޓް
އެހެނިހެން ކުށްތަކަށް އަރައިގަތުން
އެހެންކަމުން މިފަދަ ތަކެތި ހިއްސާ ނުކުރުމަށް ފުލުހުން އިލްތިމާސް ކޮށްފައިވެ އެވެ.
އެނގުން މުހިއްމު - އެކިއެކި ލިންކުތައް ބޭނުންކޮށްގެން މީހުންގެ ބެންކް އެކައުންޓުތަކުން ވަގު މުއާމަލާތް ކުރާ މައްސަލަތައް ރާއްޖޭގައި ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ