މާދަމާގެ ޖަލްސާގައި ރައީސް ނަޝީދުގެ މައްސަލަ އެޖެންޑާ ކޮށްދިނުމަށް އެދިއްޖެ “ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ނުގެންގޮސް ބަޖެޓުގެ މަސައްކަތް ކުރިއަށް ނުގެންދެވޭނެ” އެމްޑީޕީގެ ފަރާތުން ސުޕްރީމް ކޯޓަށް އިއްޔެ ހުށަހެޅި މައްސަލަ ބަލައިގެ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ މިއަދުގެ ޖަލްސާއަށް އެޖެންޑާ ނުކުރުމުން އެމްޑީޕީން ދުންމާރިއާއެކު އިހުތިޖާޖުކުރަން ފެށުމާއެކު ޖަލްސާ މެދުކަނޑާލައިފިއެވެ.
މިއަދު ހެނދުނު 09:00 ގައި މަޖިލީހުގެ ޖަލްސާ ފެށުމާއެކު އެމްޑީޕީގެ މެންބަރުން ވަނީ މަޖިލީހުގެ ތަޅުމުގައި އިހުތިޖާޖު ފަށައިފައެވެ. އަދި ރިޔާސަތުގެ ގޮނޑިކޮޅު ވަށައިގެން ވެސް މެންބަރުން ހުއްޓިގެން ތިއްބެވި އިރު މަޖިލިސް ކުރިއަށް ގެންދެވޭ ގޮތް ނުވެގެން ވަނީ ވަކި ގޮތެއް ނާންގާ ޖަލްސާ މެދުކަނޑާލާފައެވެ،
އެމްޑީޕީން މަޖިލީހުގެ ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހަޅާފައި ވަނިކޮށް ނައިބު ރައީސް އީވާ އަބްދުﷲ ސަލާމުގައި ހުންނެވުމާ ގުޅިގެން އެ މައްސަލަ ވަނީ ކުރިއަށް ގެންދެވޭ ގޮތް ނުވެފައެވެ. އަދި މިއަދުގެ ޖަލްސާއަށް ބަޖެޓުގެ މަސައްކަތް އެޖެންޑާކޮށްފައިވާއިރު އެމްޑީޕީއިން ވަނީ ރައީސް ނަޝީދުގެ މައްސަލައިގެ ކުރިން ދެން މަޖިލީހުގެ އެހެން އިތުރު އެއްވެސް މަސައްކަތެއް ނުކުރާނެކަމަށް ބުނެފައެވެ،
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ