ޣާޒާގެ 2 މިލިއަނަށްވުރެ ގިނަ ރައްޔިތުން ޝަހީދު ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް އެބަގެންދޭ! ކޮންމެ ބޭފުޅަކުވެސް ކޮންމެ ނަމާދަކަށްފަހުގަވެސް ދުޢާކުރައްވާ!

އިޒްރޭލުން މިއަދު ހާމަކުރި ރިޕޯޓުގައި ބުނެފައިވަނީ ފާއިތުވި 6 ދުވަހުގެ ތެރޭގައި 4000 ޓަނުގެ ބުރަދަންހުރި 6000 ބޮން ޣާޒާއަށް އަޜާފައިވާ ކަމަށެވެ. 
އެއްވެސް ހަތިޔާރެއް ނެތް ބައެއްގެ ބޮލަށް ހަތަރުހާސްޓަނުގެ ބުރަދަން ހުރި ހަހާސް ބޮން އަޅައިލުން ހައްދުފަހަނައަޅާފައިވާ ޔަހޫދީން ދެކެނީ ފަޚުރެއްކަމަށެވެ. 
އިޒްރޭލުން އެއްގަމާއި ކަނޑުން އަދި ވައިގެމަގުން މިހާރު ދެމުންގެންދާ ހަމަލާތަކަކީ ހަމާސްއަށް އަމާޒުކޮށް ދެމުން ގެންދާ ޙަމަލާތަކެއް ނޫނެވެ. ޣާޒާގައި ދިރިއުޅޭ 2.3 މިލިއަން ރައްޔިތުންނަށް އަމާޒުކޮށްގެން ދެމުން ގެންދާ ހަމަލާތަކެކެވެ. 
ޣާޒާގެ މިހާރުގެ ޙާލަތަށް ބަލައިފިނަމަ އަނިޔާ ލިބޭ އެއްވެސް މީހަކަށް ފަރުވާދެވޭނެ ގޮތެއް ނެތެވެ. ޝަހީދުކުރާ މީހަކު ވަޅުލަން މަސައްކަތްކުރުމުންވެސް ދަނީ ޙަމަލާދެމުންނެވެ. މިހައިތަނަށް ޝަހީދު ކުރި ޢަދަދު 1417 އަށްވުރެ ގިނައިރު އެއިގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ. 
ހައްދުފަހަނައަޅާފައިވާ ޔަހޫދީންގެ އަނިޔާވެރިކަން މިޙާލަތަށް ދިއައިރުވެސް އިޒްރޭލާއި ދެކޮޅަށް ފިޔަވަޅެއް އެޅުމަށް ދުނިޔެ ވަނީ ނުކުޅެދިފައެވެ. 
އަޅުގަނޑުމެން ކޮންމެ މީހަކުވެސް މިވަޤުތު ކުރަން އޮތް ކަމަކީ ވީހާ ގިނައިން ދުޢާކުރުމެވެ. ކޮންމެ ނަމާދަކަށްފަހުގައިވެސް ދުޢާކުރައްވާށެވެ. އިތުރަށްވެސް ދުޢާކުރައްވާށެވެ. މާތް ﷲ މުސްލިމުންނަށް ނަޞްރު ދެއްވަވާނެތެވެ. ޙައްޤަށް ނަޞްރު ދެއްވަވާނެތެވެ. އާމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ