3 ނޮވެންބަރު 1988 އަކީ ރާއްޖޭގެ މުޅިތާރީޚުގައިވެސް ކުރިމަތިވި އެންމެ ބިރުވެރި ދުވަސް: ރައީސް މައުމޫން

1988 ވަނަ އަހަރުގެ ނޮވެމްބަރ 3 ގައި ދިވެހީން ކުރިމަތިލާން ޖެހުނު ކަން ކަމަށް ބަލާލުމުން އެއީ، މުޅި ދިވެހި ތާރީޚްގައިވެސް ރާއްޖެއަށް ކުރިމަތިވި އެންމެ ބިރުވެރި ދުވަސްކަމުގައި ޤަބޫލު ކުރަންޖެހޭ ކަމަށް އޭރު އެ ހާދިސާ ހިނގި އިރު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. 
މިއަދު ފާހަގަކުރަމުންދާ 35 ވަނަ ނަސްރުގެ ދުވަހާއި ގުޅިގެން މައުމޫން ކުރެއްްވި ޓުވީޓެއްގައި ވިދާޅުވީ، 3 ނޮވެންބަރު 1988ގައި ހިނގައިދިޔަ ކަންތައްތަކާއި އެކަންކަން ހިންގުމަށް ދިވެހި ބާޣީންނާއި ބޭރުގެ ދުޝްމަނުން ރޭވި ރޭވުންތަކަށް ފުންކޮށް ވިސްނާއިރު އެއީ ރާއްޖޭގެ މުޅިތާރީޚުގައިވެސް ރާއްޖެއަށް ކުރިމަތިވި އެންމެ ބިރުވެރި ދުވަސްކަމުގައި ޤަބޫލު ކުރަންޖެހޭ ކަމަށެވެ. 
"އެދުވަހު ދިވެހިޤައުމަށް މާތް ﷲ ދެއްވި މަތިވެރިނަޞްރަށްޓަކާ ދިވެހި ރައްޔިތުން އެކަލާނގެއަށް އަބަދާއަބަދު ޙަމްދާއި ޝުކުރުކުރުންމަތީ ދެމިތިބެންޖެހޭ. الحمد لله على كل نعمائه وأفضاله وتوفيقه الكبير لشعبنا وقواتنا المسلحة فى ذلك اليوم الخطير!" މައުމޫން ވިދާޅުވި އެވެ. 
Advertisement
މިއަދު ފާހަގަކުރާ ނަސްރުގެ ދުވަހަކީ ދިވެހި ގައުމަށް ޣައްދާރުވެ، ގައުމަށް ޙިޔާނާތްތެރިވި ދިވެހިންގެ ބަޔަކާއި ހަނގުރާމަކޮށް ދިވެހި ގައުމު ދިފާއުކުރި ޝަހީދުންގެ ހަނދާން އައު ކުރާ ދުވަހެވެ. އެއީ ފަހުގެ ތާރީހެއްގައި ދިވެހިރާއްޖެއަށް ކުރިމަތިވި އެންމެ ބިރުވެރި އެންމެ ނުރައްކާތެރި ދުވަހެވެ.
1988 ނޮވެމްބަރު ތިނެއްގެ އެ ހާދިސާގައި 19 ދިވެހިން ޝަހީދުވެގެން ގޮސްފައިވާއިރު އޭގެ ތެރޭގައި ސިފައިންނާއި އާންމުން ވެސް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ