ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ، އުމަރު ޒާހިރު އަވަހާރަ ވެއްޖެއެވެ.
އެމަނިކުފާނު އަވަހާރަވީ ކޮވިޑްގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ދަރުމަވަންތަ ހޮސްޕިޓަލުގައެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 85 އަހަރެވެ.
އުމަރު ޒާހިރަށް ކޮވިޑް-19 ޖެހުނީ މީގެ 10 ވަރަކަށް ދުވަސް ކުރިންނެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރިވާދެމުން އަންނަތާ ހަފްތާއެއް ވަނީ ވެފައެވެ.
އުމަރަ ޒާހިރަކީ 1953 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރުގެ ނިޔަލަށް ސަރުކާރު ގިނަ، އިސް މަޤާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އޭގެ ތެރޭގައި މިނިސްޓްރީ އޮފް ހޯމް އެފެއަރޒް އެންޑް ސްޕޯޓްސްގެ މަގާމާއި، މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވާރކްސްކަމާއި ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ސީނިއަރ މިނިސްޓަރުކަން ވެސް ފާހަގަކޮށްލެވެ އެވެ.
އުމަރު ޒާހިރަކީ 2008 ވަނަ އަހަރު ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ލަގަބު ވެސް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.
އުމަރު ޒާހިރު އަވަހާރަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ