ފިފްޕްރޯ ޓީމުގައި މިހާތަނަށް ހިމެނުނު އެންމެ ހަގު ކުޅުންތެރިޔަކީ ޔަމާލް ފިފްޕްރޯ ޓީމުގައި މިހާތަނަށް ހިމެނުނު އެންމެ ހަގު ކުޅުންތެރިޔަކީ ޔަމާލް

ޒިއުރިކް، ސްވިޒަލެންޑް (ނޮވެމްބަރު 4) - ފީފްޕްރޯ އިން ހޮވާ އަަހަރުގެ އެންމެ މޮޅު 11 ކުޅުންތެރިންގެ ޓީމުން މިހާތަނަށް ޖާގަ ލިބުނު އެންމެ އުމުރުން ހަގު ކުޅުންތެރިޔާގެ ޝަރަފް، ބާސެލޯނާގެ އުމުރުން 18 އަހަރުގެ ވިންގް، ލަމީން ޔަމާލް އަށް ލިބިއްޖެ އެވެ.
ޖުމްލަ އެކު، 26،000 އަށް ވުރެން ގިނަ ކުޅުންތެރިންގެ ވޯޓާ އެކު ހޮވާ ފިފްޕްރޯ އިލެވަންގައި ޔަމާލް ހިމެނުނުއިރު، މިދިޔަ ސީޒަނުގައި އޭނާ ވަނީ ސްޕެއިންގެ ގައުމީ ޓީމާއި ބާސެލޯނާގައި ތަފާތު މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެހެންކަމުން، މި ތަފާތާ އެކު، އޭނާ އަށް މި ވަނީ ފިފްޕްރޯ ޓީމުން ފުރުސަތު ލިބިފަ އެވެ.
ފިފްޕްރޯ ޓީމުގައި މި ފަހަރުގެ އެންމެ ގިނައީ، ޕީއެސްޖީ އަށް ކުޅުނު ކުޅުންތެރިންނެވެ. ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ޕީއެސްޖީއާ އެކު ހޯދި، ގޯލްކީޕަރު، ޖިއަންލުއީޖީ ޑޮނަރުންމާ އާއި ޑިފެންޑަރުން، ނޫނޯ މެންޑޭޒް އާއި އަޝްރަފް ހަކީމީ، މިޑްފީލްޑަރު، ވިޓީނިއާގެ އިތުރުން، ބެލޮންޑިއޯ އެވޯޑް ހޯދި އޮސްމާން ޑެމްބެލޭ އަށް ވަނީ ފިފްޕްރޯ ޓީމުން ޖާގަ ލިބިފަ އެވެ.
ބާސެލޯނާ އިން ޔަމާލްގެ އިތުރުން މި ޓީމުން ޖާގަ ލިބުނީ، ޕެޑްރީ ގޮންޒާލޭޒް އަށެވެ. ދެން، މިޑްފީލްޑަރުން ގޮތުގައި ހުރީ، ޗެލްސީއާ އެކު، ފީފާ ކްލަބް ވޯލްޑް ކަޕް ކާމިޔާބުކުރި އިނގިރޭސި ތަރި، ކޯލް ޕާމާ އެވެ.
ރެއާލް މެޑްރިޑްގެ ފޯވާޑް ކީލިއަން އެމްބާޕޭގެ އިތުރުން، ދެން މި ޓީމުގައި ހިމެެނެނީ، ލިވަޕޫލްގެ ކެޕްޓަން، ވާޖިލް ވެން ޑައިކް އެވެ. މިއީ، މިދިޔަ ސީޒަނުގައި ލިވަޕޫލަށް އިނގިރޭސި ލީގުގެ ޗެމްޕިއަންކަން ހޯދައިދޭން މޮޅު ކުޅުމެއް ދެއްކި ވެން ޑައިކް، މި ޓީމުގައި ހިމެނުނު ފަސް ވަނަ ފަހަރެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ