އެސްޓީއޯގެ ހޯލްސޭލް ފިހާރައެއް ބާޒާރުމަތީގައި ހުޅުވައިފި

ކެއިންބުއިމަށް ބޭނުންވާ އަސާސީ ކާބޯތަކެތި ފަސޭހައިން ހޯލްސޭލްކޮށް ލިބޭނެ މަގުފަހިކޮށްދިނުމުގެ ގޮތުން އެސްޓީއޯގެ ހޯލްސޭލް ސެންޓަރެއް މާލޭ ބާޒާރުމަތީގައި މިއަދު ހުޅުވައިފިއެވެ.މިއަދު އަލަށް ހުޅުވި ހޯލްސޭލް ފިހާރަ ހުޅުވާފައި ހުންނާނީ ހުކުރު ދުވަސް ފިޔަވާ އެހެން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 މެންދުރު 12އަށް އަދި މެންދުރު 1 އިން ހަވީރު 5އަށެވެ.އެސްޓީއޯ އިން މާލޭގައި ހުޅުވި އާ ހޯލްސޭލް ފިހާރަ މެދުވެރިކޮށް، ދަނޑުވެރިން އުފައްދާ ބާވަތްތަށް ހޯލްސޭލްކޮށް ގަތުމުގެ އިންތިޒާމް ވެސް ހަމަޖެހޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ."މީގެ ސަބަބުން ދަނޑުވެރީންނަށް އެ ފަރާތްތަކުން އުފައްދާ ބާވަތްތައް ވިއްކޭނެ ކަމުގެ ޔަގީންކަން ލިބި، މަސައްކަތް އިތުރަށް ކުރިއަށް ގެންދިއުމަށް އައު ހިތްވަރެއް ލިބިގެންދާނެ އެވެ،" އެސްޓީއޯ އިން މީޑިއާއާ ހިއްސާކުރި މައުލޫމާތުގައި ވެ އެވެ.އެސްޓީއޯ އިން ވިއްކާ އަސާސީ ކާބޯތަކެތީގެ ލިސްޓަށް 23 ބާވަތެއް އިތުރުކުރީ ރާއްޖޭގެ ބާޒާރުގައި މޭވާ އާއި ތަރުކާރީގެ ބާވަތްތައް އާދަޔާ ހިލާފަށް އަގު ބޮޑުވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ