އާއިލީ މީހަކު ދާއިމީ ފަރުވާއެއް ހޯދާ ނަމަ 30 ދުވަހުގެ ޗުއްޓީއެއް

ޝަރުއީ ގޮތުން ބަލަން ޖެހޭ މީހަކު ދާއިމީ ބައްޔަކަށް ފަރުވާ ހޯދާ ނަމަ، ޚާއްސަ ސިއްހީ ބޭނުންތަކަށް 30 ދުވަހުގެ ޗުއްޓީއެއް ލިބޭ ގޮތަށް ސިވިލް ސާވިސް ގަވައިދު އިސްލާހުކޮށްފި އެވެ.
އިއްޔެއިން ފެށިގެން އަމަލު ކުރަން ގެށީ އިސްލާހުގައި ވަނީ ދެ ހާލަތުން ކުރެ ކަމެއް، އެ މުވައްޒަފެއް ޝަރުއީ ގޮތުން ބަަލަންޖެ ހޭ މީހަކަށް މެދުވެެރިވެއްޖެ ނަަމަ އެ ޗުއްޓީއަށް އެދެވޭނެ ކަމަށެވެ. އެ ދެ ހާލަަތަކީ، ޓާމިނަލް އިލްނަސްއެއް ނުވަތަ ކްރޮނިކް ކޮންޑިޝަނެއްގެ ސަބަބުން ދިގު މުއްދަތަކަށް، ބޭސްފަރުވާ ކުރަން ޖެހުން ނުވަތަ ބޯންމެރޯ ނުވަތަ ގުނަވަނެއް ހަދިޔާކުރުމަށް ބޭނުންވުމެވެ.
އެއިން ހާލަތެއް އާއިލ މީހަކަށް ދިމާވެއްޖެ ނަމަ، އަސާސީ މުސާރަ އާއި މަގާމުގެ މުސާރަ ލިބޭގޮތަށް، އަހަރަކު 30 ދުވަސް "ޚާއްޞަ ޞިއްޙީ ބޭނުންތަކަށް ދެވޭ ޗުއްޓީ" ގެ ގޮތުގައި ދެވޭނެ އެވެ.
އެ ޗުއްޓީ ދިނުމުގައ،ި އެ މީހަކީ ޓާމިނަލް އިލްނަސްއެއް ނުވަތަ ކްރޮނިކް ކޮންޑިޝަނެއް ތަޙައްމަލު ކުރަމުންދާ މީހެއްކަމާއި ބަލީގެ ބާވަތާއި ބަލީގެ ސަބަބުން ފަރުވާއަށް ހޭދަވާނެ މުއްދަތު ބަޔާންކޮށް، މެޑިކަލް ސެޓުފިކެޓެއް ހުށަހަޅަން ޖެހޭނެ އެވެ. އަދި އެ މީހަކީ ޓާމިނަލް އިލްނަސްއެއް ނުވަތަ ކްރޮނިކް އިލްނަސްއެއް ތަޙައްމަލު ކުރަމުންދާ ފަރާތެއް ކަމަށާއި ބަލީގެ ބާވަތާއި ބަލީގެ ސަބަބުން މުވައްޒަފަށް މަސައްކަތަށް ނުނިކުމެވޭނެ މުއްދަތު ބަޔާންކޮށް މެޑިކަލް ސެޓްފިކެޓް ހުށަހެޅުމުން، 60 ދުވަހަށް ވުރެ އިތުރަށް ވެސް ޗުއްޓީ ހަމަޖައްސައި ދޭނެ އެވެ.
މީގެ އިތުރުން އެ މީހަކީ ބޯންމެރޯ ނުވަތަ ގުނަވަނެއް ހަދިޔާކުރާ ފަރާތެއްކަމާއި، ސާޖަރީގެ ސަބަބުން މުވައްޒަފަށް މަސައްކަތަށް ނުނިކުމެވޭނެ މުއްދަތު ބަޔާންކޮށް މެޑިކަލް ސެޓްފިކެޓް ހުށަހެޅުމުން، 60 ދުވަހަށް ވުރެ އިތުރަށް ވެސް އެ ޗުއްޓީ ހަމަޖައްސައި ދޭނެ އެވެ.
އެ ޗުއްޓީ ލިބޭނީ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އަށް ހުށަހަޅައި، އެ ކޮމިޝަނުން ކަނޑައަޅާ ގޮތެއްގެ މަތިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ