ތައިލެންޑާއި ދުބާއީއަށް އެއާ އެމްބިއަުލާންސް ހިދުމަތް ފުޅާކުރަން މޯލްޑިވިއަނަށް

ތައިލެންޑާއި ދުބާއީއަށް އެއާ އެމްބިއުލާންސްގެ ހިދުމަތް ފުޅާކުރަން ގައުމީ އެއާލައިން މޯލްޑިވިއަންއާ ހަވާލުކޮށްފި އެވެ.
ފަސްމަންޒަރު - މީގެ ކުރިން ރާއްޖޭގެ އެކި ރަށްރަށުން ބަލި މީހުން އުފުލަން ބޭނުން ކުރަނީ މޯލްޑިވިއަންގެ ޗާޓަރު ފްލައިޓްތަކާއި އިންޑިއާގެ ވައިގެ އުޅަނދުތަކެވެ.
އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
ރާއްޖެ އާއި ލަންކާއާ ދެމެދު އެއާ އެމްބިއުލާންސްގެ ދަތުރުތައް ކުރުމުގެ ހުއްދަ ވެސް އެ ގައުމުގެ ސަރުކާރުން ވަނީ ދީފަ އެވެ.
ތަފްސީލު - ތައިލެންޑާއި ދުބާއީއަށް އެއާ އެމްބިއުލާންސް ހިދުމަތް ފުޅާކުރަން މޯލްޑިވިއަންއާ ހަވާލުކުރީ މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
އެ ރަސްމިއްޔާތުގައި އެކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރެއްވީ:
ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދު ހަމްދާން ނަސީރު
އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް
އެންސްޕާގެ ސީއީއޯ ހީނާ ވަލީދު
ބުނީ ކީކޭ؟ - އެކަމާ ގުޅޭގޮތުން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިރޭ 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބޭނުންޖެހޭ ހާލަތްތަކުގައި ޔޫއޭއީ އާއި ތައިލެންޑަށް އެއާ އެމްބިއުލާންސްގެ ހިދުމަތް ލިބޭނެ ކަމަށެވެ.
"އެއާ އެމްބިއުލާންސް އޮޕަރޭޓު ކުރުމުގެ އިންތިޒާމު ހަމަޖެހިފައިވަނީ އިންޓަނޭޝަނަލީ އެކްރެޑިޓެޑް އެއާ އެމްބިއުލާންސްގެ ހިދުމަތް ދޭ ފަރާތްތައް މެދުވެރިކޮށް،" އަމީން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ