ސަރުކާރު ހިއްސާވާ ކުންފުނިތަކަށް (އެސްއޯއީ) އިންފޮމޭޝަން އޮފިސަރުން އައްޔަނު ކުރުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑޫ (ޕީސީބީ) އިން އަންގައިފި އެވެ.
ވީ ކިހިނެއް؟ - ޕީސީބީ އިން މިއަދު ނެރުނު ސާކިޔުލާއެއްގައި ވަނީ، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އެ ކުންފުނިތަކުގެ ސަބްސިޑަރީތައް ހިމެނޭހެން، ކުންފުނީގެ ފަރާތުން އާންމުންނަށާއި މީޑިއާ އަށް މައުލޫމާތު ދިނުމަށް އަދި އެކި ފަރާތްތަކުން ސާފުކުރަން ހުށަހަޅާ މައުލޫމަތު ފޯރުކޮށްދިނުމުގެ ކަންތައް ބެލެހެއްޓުމަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ކަނޑައަޅާ ގޮތެއްގެ މަތިން އިންފޮމޭޝަން އޮފިސަރުން އައްޔަނު ކުރުމަށް އަންގައިފަ އެވެ.
ތަފްސީލް - ޕީސީބީ އިން ބުނީ އެ މަގާމު އަދާކުރާ މީހުންނަކީ ގާނޫނީ ތަޖުރިބާ ހުރި ނުވަތަ މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނަށް އަހުލުވެރި ބަޔަކަށް ވުން މުހިއްމު ކަމަށެވެ.
އެ މަގާމަށް އައްޔަނުކުރާ މީހުންނަށް ވަކި އީމެއިލް އެޑްރެހެއް ހަދަން އަންގާފައިވޭ
އެއީ އެ މަގާމުގައި ހުންނަ މުވައްޒަފު ބަދަލުވި ނަމަވެސް، ކުންފުންޏަށް ހުށަހަޅާފައިވާ އާރުޓީއައި ރިކުއެސްޓުތަކާއި އެފަދަ އެހެން މައުލޫމާތުތައް ފަސޭހައިން އެއްތަނަކުން ފެންނަން ހުންނާނެތީ
މިއީ އެވަގުތަކު އެ ކުންފުންޏެއްގައި މަސައްކަތް ކުރާ މުވައްޒަފަކު އަދާކުރާ މަގާމަކަށްވާތީ އެ މަގާމަށް މީހަކު އައްޔަނު ކުރުމަށް ކުންފުނީގެ އިދާރީ އޮނިގަނޑު އިސްލާހު ކުރާކަށް ނުޖެހޭނެ
ޕީސީބީ އިން ބުނީ ކުންފުނިތަކަށް އައްޔަނުކުރާ އިންފޮމޭޝަން އޮފިސަރުންގެ މައުލޫމާތު އެ ކުންފުންޏެއްގެ ވެބްސައިޓުގައި އާންމުކޮށް ފެންނަން ހުންނަންވާނެ ކަމަށެވެ. އެއާއެކު އާރުޓީއައި ފޮނުވާނެ އީމެއިލް އާއި އިންފޮމޭޝަން އޮފިސަރަށް ގުޅޭނެ ނަންބަރު ވެސް ފަސޭހައިން ފެންނަގޮތަށް ވެބްސައިޓުގައި ހުންނަންވާނެ ކަމަށް ޕީސީބީގެ ސާކިޔުލާގައި ބުނެފައިވެ އެވެ.
އެ އިދާރާ އިން އަންގާ އެންގުންތަކަށް އަމަލު ކުރުމަކީ ޕްރައިވަޓައިޒޭޝަން ގާނޫނުގެ ދަށުން ކުންފުނިތަކުގެ މައްޗަށް ލާޒިމު ކަމެއް ކަމަށް ވެސް ޕީސީބީ އިން ބުންޏެވެ.
އެސްއޯއީތަކަށް އިންފޮމޭޝަން އޮފިސަރުން އައްޔަން ކުރަން އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ