އުރީދޫ މޯލްޑިވްސްއިން އެޕަލްގެ އެންމެ ފަހުގެ އައިފޯން ސީރީޒްގެ ޕްރީ އޯޑަރ އަށް މާދަމާ އިން ފެށިގެން ހުޅުވާލަން ނިންމައިފިއެވެ.
ޕްރީ އޯޑަރ އަށް ހުޅުވާލުމަށް ނިންމާފައިވަނީ އުރީދޫގެ މޫލީ މެދުވެރިކޮށް މިމަހުގެ 19 ވަނަ ދުވަހުގެ 14:00 އިން ފެށިގެންނެވެ.
އުރީދޫއިން މި ފަހަރު ވިއްކުމަށް ހަމަޖެހިފައިވަނީ އައިފޯން 17 ސީރީޒްގެ ތިން މޮޑެލެވެ. އެއީ އައިފޯން އެއަރ، އައިފޯން 17 ޕްރޯ އަދި އައިފޯން 17 ޕްރޯ މެކްސްއެވެ. މި ފޯނުތަކުގެ ޕްރީ އޯޑަރ ކުރެވޭނީ މޫލީ މެދުވެރިކޮށެވެ.
މި ފަހަރުގެ އައިފޯން 17 ޕްރޯ މޮޑެލްތައް ލިބެން ހުންނާނީ ތިން ކުލައެއްގައެވެ. އެއީ ކޮސްމިކް އޮރެންޖް، ޑީޕް ބްލޫ އަދި ސިލްވަރ އެވެ.
އައިފޯން 17 ޕްރޯ ސީރީޒްގައި އެޕަލްގެ އެންމެ ފަހުގެ އޭ19 ޕްރޯ ޗިޕް ބޭނުންކޮށްފައިވެއެވެ. އަދި މި ފޯނުތަކުގެ ސްކްރީންގެ އެންމެ މަތީ ބްރައިޓްނަސް 3000 ނިޓްސް އަށް އަރާނެއެވެ.
މި ފަހަރުގެ އައިފޯނުގެ ކެމެރާ ސިސްޓަމަށް ވެސް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އައިފޯން 17 ޕްރޯ އަދި ޕްރޯ މެކްސްގައި 4 ގުނަ ޓެލެފޯޓޯ ކެމެރާއެއް ހިމެނެއެވެ. އަދި 48 މެގަޕިކްސެލްގެ ސެންސަރ ބޭނުންކޮށްގެން 8 ގުނައަށް ޒޫމް ކުރެވޭނެއެވެ. މިއީ މިހާތަނަށް އައިފޯނެއްގައި ބޭނުންކޮށްފައިވާ އެންމެ ރަނގަޅު ޓެލެފޯޓޯ ލެންސް ކަމަށް ބެލެވެއެވެ.
އުރީދޫއިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، އައިފޯން 17 ސީރީޒްގެ ފޯނުތައް ކަސްޓަމަރުންނަށް ލިބެން ފަށާނީ 26 ސެޕްޓެމްބަރ 2025 ވަނަ ދުވަހުގެ ރޭގަނޑު 00:01 އިން ފެށިގެންނެވެ.
Thiladhun © 2019 – 2025| Made with in #Thiladhunmathi
Thiladhun © 2019 – 2025
Made with ❤️ in #Thiladhunmathi
އުރީދޫއިން އައިފޯން 17 ސީރީޒް ޕްރީ އޯޑަރ އަށް މާދަމާ ހުޅުވާލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ