ރަޝިޔާއަށް ބާރުގަދަ ބިންހެލުމެެއް، ސުނާމީގެ އިންޒާރު ނެރުނަސް ރާއްޖެއަށް ނުރައްކަލެއް ނެތް

ރަޝިޔާއަށް ބާރުގަދަ ބިންހެލުމެެއް އައިސް ސުނާމީގެ އިންޒާރު ނެރެފި އެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ދެންމެ ބުނީ އިރުމަތީ އައްސޭރި ކަމްޗަޓްކާއަށް ބިންހެލުމެއް އައިސްފައިވާ ކަމަށެވެ. ބިން ހެލުން އައީ 7.6 ގެ ބާރުމިނުގަ އެވެ. ބިންހެލުން އައީ ރާއްޖެއާ 9432 ކިލޯމީޓަރު ދުރު ސަރަހައްދަކަށެވެ.
އެހެން ކަމުން ބިންހެލުމާއި ގުޅިގެން އިންޑިއާ ކަނޑުގެ ސަރަހައްދަށް ސުނާމީގެ ނުރައްކަލެއް ނެތް ކަމަށް ބުނެފައިވެ އެވެ.
ބިން ހެލުމާއި ގުޅިގެން އިރުމަތީ އައްސޭރި ކަމްޗަޓްކާ ސަރަހަައްދަށް ވަނީ ސުނާމީގެ އިންޒާރު ނެރެފަ އެވެ. ބައެއް ސަރަހައްދުތަކަށް އެ އިންޒާރު ވަނީ ކެންސަލް ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ