ނަސްރުގެ ދުވަހާ ގުޅިގެން ނޮވެމްބަރު 2، ގައި ސަރުކާރު ބަންދުކޮށް ހަތަރު ދުވަހުގެ ބަންދެއް ދެނީ ނަސްރުގެ ދުވަހާ ގުޅިގެން ނޮވެމްބަރު 2، ގައި ސަރުކާރު ބަންދުކޮށް ހަތަރު ދުވަހުގެ ބަންދެއް ދެނީ

މި އަހަރުގެ ނަސްރުގެ ދުވަހާ ދިމާކޮށް ނޮވެމްބަރު 2، ވާ އާދިއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ދުވަސް ބަންދުކުރަން މުއިއްޒު ނިންމެވީ ނަސްރުގެ ދުވަސް ކަމުން ނޮވެމްބަރު 3، ވާ ހޯމަ ދުވަހަކީ ބަންދު ދުވަހަކަށް ވާތީ ބަންދު ދުވަސްތަކަށް ހުއްޓުމެއް ނައިސް މުވައްޒަފުންނަށް ޗުއްޓީ ދިނުމުގެ ގޮތުން ކަމަށެވެ.
ނަސްރުގެ ދުވަހާއި މިނިވަން ދުވަސް އަދި ޖުމްހުރީ ދުވަހާއި އީދުތަކާއި ގުޅިގެން ޖެހިގެން އަންނަ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި އާންމުކޮށް ރައީސުން ކަނޑައަޅަ އެވެ. ސަބަބެއްގެ ގޮތުގައި ދައްކަވަނީ ސަރުކާރުގެ މުވައްޒަފުންނަށް ދިގު ޗުއްޓީއެއް ދިނުމެވެ.
އެގޮތުން މި އަހަރުގެ މިނިވަން ދުވަހާއި ގުޅިގެން ޖުލައި 28، ބަންދުކުރަން މުއިއްޒު ނިންމެވި އެވެ. މި އަހަރުގެ މިނިވަން ދުވަސް ދިމާވީ ހޮނިހިރު ދުވަހަކާ އެވެ. އާންމު އުސޫލުގެ ދަށުން މިނިވަން ދުވަހުގެ މުނާސަބަތުގައި ބަންދުކުރަނީ އެއް ދުވަހެވެ. ނަމަވެސް މުއިއްޒުގެ ނިންމެވުމާއެކު މިނިވަން ދުވަހުގެ ބަންދަށްފަހު ސަރުކާރު ހުޅުވުނީ ޖުލައި 29، ވާ އަންގާރަ ދުވަހު އެވެ.
ނަސްރުގެ ދުވަހާއި ގުޅިގެން އިތުރު ދުވަހެއް ބަންދުކުރަން މުއިއްޒު ނިންމެވިއިރު ބަނިމިދިޔަ އަޟްހާ އިދާއި ގުޅިގެން އިތުރަށް ދުވަހެއް ބަންދުނުކުރާން ނިންމިކަން ފާހަގަކުރެވެ އެވެ.
އެގޮތަށް ނިންމީ ހަފުތާގެ މެދާ ދިމާވާތީ ކަމަށާއި ތިން ދުވަސް ބަންދުކުރުމަކީ ޒިންމާދާރު ގޮތެއް ކަމަށް ނުދެކޭތީ ކަމަށް ރައީސް މުއިއްޒު އޭރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ