ވަށަފަރުގައި ބެހެއްޓި ގާޒާ ފަންޑުން ފައިސާ މަދުވި މައްސަލައެއް ތަހުގީގު ކުރަނީ ވަށަފަރުގައި ބެހެއްޓި ގާޒާ ފަންޑުން ފައިސާ މަދުވި މައްސަލައެއް ތަހުގީގު ކުރަނީ

ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ހއ. ވަށަފަރުގައި މިދިޔަ އަހަރު ބެހެއްޓި ފަންޑު ފޮށިން ފައިސާ މަދުވި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
ފުލުހުން ބުނީ އެ ފަންޑު ފޮށިން ފައިސާ މަދުވި މައްސަލަ ބަލައިދިނުމަށް އެދި ވަށަފަރު ކައުންސިލުން ހުށަހެޅީ މިދިޔަ ސެޕްޓެމްބަރު 14، ވަނަ ދުވަހު ސިޓީއަކުން ކަމަށެވެ.
"2024 ވަނަ އަހަރު ބޭއްވި ފަންޑް ރައިޒިން އިވެންޓެއްގައި ބެހެއްޓި ފަންްޑު ފޮއްޓެއްގައި ހުރި ފައިސާ މަދުވެފައިވާ ކަމަށް ބެލެވޭ މައްސަލައެއް 2025 ސެޕްޓެމްބަރު 14 ވަނަ ދުވަހު ވަށަފަރު ކައުންސިލްގެ ފަރާތުން ސިޓީއަކުން ފުލުހުންނަށް ހުށަހަޅާފައިވޭ،" ފުލުހުން ބުންޏެވެ.
އެ މައްސަލަ ބަލަމުންދާ ވާހަކައިގެ އިތުރުން އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ނުދެ އެވެ.
ވަށަފަރުގައި ބެހެއްޓި ގާޒާ ފަންޑަށް ލިބުނު ފައިސާ އަދަދެއް އަދި މަދުވި ފައިސާގެ އަދަދެއް ވެސް މިހާތަނަކަށް ނޭނގެ އެވެ.
ގާޒާއަށް އެހީވުމަށް ރާއްޖޭގެ އެކި ކަންކޮޅުގައި ފަންޑުފޮށިތައް ބަހައްޓައިގެން ފަންޑްރައިޒް ކޮށްފައިވެ އެވެ. ބައެއް ފަންޑުފޮށިތައް ކައުންސިލުން ބަހައްޓާފައިވާއިރު، ގާޒާއަށް އެހީވުމަށް އެ ފައިސާ ފޮނުވަނީ އެކި ޖަމިއްޔާތަކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ