ފޭދޫ ރައްޔިތުން ވޯޓު ދިނީ އައްޑޫ ސިޓީ ކައުންސިލްގައި ދެމިއޮންނަން
އައްޑޫ ސިޓީ ކައުންސިލުން ވަކިވެ، ވަކި ކައުންސިލެއް އުފައްދަން ނުފެންނަ ކަމަށް ފޭދޫން މިހާތަނަށް ލިބުނު ނަތީޖާތަކުން ދައްކައިފި އެވެ.މިހާތަނަށް ފޭދޫގައި ބެހެއްޓި ފަސް ވޯޓު ފޮށީގެ ވަގުތީ ނަތީޖާވެސް ލިބިފައިވާއިރު 1131 މީހުން ވޯޓު ދިނީ ވަކިވާން ބޭނުންނުވާނެ ކަމަށެވެ. ފޭދޫގައި ވަކި ކައުންސިލެއް އުފެއްދުމަށް 447 މީހުން ވޯޓު ދިނެވެ. މާލޭގައި ހުރި ވޯޓު ފޮށިތަކުގެ ނަތީޖާއިން ވެސް ބުރަވެވެނީ ފޭދޫ އައްޑޫ ސިޓީގެ ބައެއްގެ ގޮތުގައި ދެމިއޮންނާނެ ކަމަށެވެ.ފޭދޫއަކީ އާބަދީ ބޮޑު ރަށެކެވެ. އެ ރަށުގައި ރަޖިސްޓާޑް އާބާދީ 5،810 އަށް އަރަ އެވެ. މިއަދު ފެންނަ ނުފެންނަ ވޯޓުގައި އެހީ އެ ރަށް އައްޑޫ ސިޓީ ކައުންސިލުން ވަކިކުރުމަށެވެ. މި ވޯޓުގައި ވޯޓުލުމުގެ ހައްގު 4،368 މީހުންނަށް ލިބުނެވެ.މި ރިފަރެންޑަމްގެ ދާއިމީ ނަތީޖާ އިއުލާނުކުރާނީ މާދަމާ އެވެެ.ސަރުކާރުން މިކަމުގައި ވަކި ސްޓޭންޑެއް ނެތް ކަމަށް ބުނި ނަމަވެސް ހޯމް މިނިސްޓަރު އަލީ އިހުސާނާއި ރައްޔިތުންގެ މަޖިލީހުގައި ފޭދޫ ތަމްސީލުކުރާ ފޭދޫއަށް ނިސްބަތްވާ ދެ މެންބަރު ކަމަށްވާ އިބްރާހިމް ދީދީ އާއި އިސްމާއިލް ނިޒާރު ކެމްޕޭން ކުރައްވަމުން ގެންދެވީ ފޭދޫ ވަކިކުރުމަށެވެެ.މިއީ ލާމަޒުކަޒީ ގާނޫނަށް އަމަލުކުރަން ފެށިތާ މިވީ 15 އަހަރުގެ ތެރޭގައި ސިޓީ ކައުންސިލެއް ރޫޅާލި ފުރަތަމަ ފަހަރަށެވެ. މި ތިން ރަށް އައްޑޫ ސިޓީ ކައުންސިލުގެ އިހުތިސާސުން ވަކިވިޔަސް، އެ ކައުންސިލަށް ލިބިފައިވާ ސިޓީ ކައުންސިލެއް ލަގަބު ގެއްލިގެން ނުދާނެ އެވެ. ސަބަބަކީ ހިތަދޫގެ އާބާދީ އެކަނި ވެސް 17،000 އާ ގާތްކުރާތީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ